ހާފިޒު މުސްތަފާ ރައީސްގެ ހާއްސަ މެޑަލް ހާސިލުކޮށްފި

ރައީސް ދެއްވާ ޚާއްސަ މެޑަލް މުސްތަފާ އަށް ރައީސް ހަވާލުކޮށްދެއްވަނީ

ކީރިތި ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ބ. އޭދަފުއްޓަށް އުފަން އަލްހާފިޒު މުހައްމަދު މުސްތަފާ އަށް ރައީސްގެ ހާއްސަ މެޑަލް ރޭ ދިވެހި ސަރުކާރުން ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ހާފިޒު މުސްތަފާއަށް މެޑަލް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، މުސްތަފާގެ އިތުރުން ހަތް ފަރާތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ހާސިލުކޮށްފަ އެވެ.

އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރި މުސްތަފާ، ކީރިތި ގުރުއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އުފެދުނީ ކީރިތި ގުރުއާނަކީ މާތްﷲ ގެ ކަލާންފުޅުކަމާއި ގުރްއާން ކިޔެވުމުން ލިބޭ ސަވާބާއި މާތްކަން ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން އެނގޭތީ އެވެ. އަދި މައިންބަފައިގެ ނަސޭހަތްތަކުންނާއި ގުރުއާން ކިޔަވައިދެއްވި އެދުރުބެއިންނާއި އެނދުރު ދައިތަ އާއި މުދައްރިސުން ދެއްވި ނަސޭހަތާއި ދެއްވި މައުލުމާތުންވެސް މިކަމުގެ މުހިއްމުކަން ތަސައްވަރު ކުރެއްވިގެންނެވެ.

މުސްތަފާ ވަނީ މިދިޔަ ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. އޭނާ ތަރާވީހް ނަމާދު އިމާމްވެކުރި މަންޒަރު ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަގުތުން ގެނެސް ވެސް ދިނެވެ.

ކީރިތި ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގައި މުސްތަފާ މިހާރު ވެސް ގެންދަނީ މިދާއިރާއިން އިންޑިޔާގައި ތައުލީމު ހާސިލުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.