ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ހަދަން އޭދަފުށިން ބިމެއްދީފި

އޭދަފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް: – ފޮޓޯ: ރާއިފް ޔޫސުފް/އީޓީ

ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ބ. އޭދަފުށިގައި ގާއިމުކުރަން މިރަށު ކައުންސިލުން ފެނަކަ ކޯޕަރޭޝަނަށް ހިލޭ ބިމެއް ދީފި އެވެ.

ފެނަކަ ކޯޕަރޭޝަނަށް 3000 އަކަފޫޓްގެ ބިމެއް ހަމަޖައްސައިދިނީ މިހާރު ހަދަމުންދާ ފެން ޕްލާންޓްގެ ހުޅަގުންނެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ފެން ބަންދުކުރާ ފެކްޓަރީއެއް ހަދަން ފެނަކައަށް ހިލޭ ބިން ދޭން ނިންމީ މިފަދަ ފެކްޓްރީއެއް އޭދަފުށިގައި ގާއިމް ކުރެވިއްޖެނަމަ، މިރަށުގައި އިތުރު ވަޒީފާތަކެއް އުފެދި އާންމު ރައްޔިތުންނަށް ހެޔޮއަގުގައި ފެން ލިބުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

ތޮލާލު ވިދާޅުވި ގޮތުގައި، މިއީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މިފަދަ ފެކްޓްރީތަކުގެ ތެރެއިން މި ސަރަހައްދުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފެކްޓްރީ އެވެ.

“މި ޕްރޮޖެކްޓަށް އޭދަފުށިން ހިލޭ ބިން ހަމަޖެހުން ލަސްވިނަމަ، ނުވަތަ ބޮޑު އަގުގައި ބިން ދޭން ނިންމިނަމަ، އެހެން އަތޮޅަކަށް ޕްރޮޖެކްޓް ބަދަލުވުމުގެ ފުރުސަތު ބޮޑު، މިކަމުން ޒުވާނުންނަށް އިތުރު ވަޒީފާތަކެއް ވެސް އުފެދިގެން ދާނެ،”

އޭދަފުށި ކައުންސިލުން ބުނީ ކާރުހާނާ ގާއިމު ކުރުމަކީ އޭދަފުށީގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. މިކަމުގެ ފައިދާ އޭދަފުށީގެ އިތުރުން މުޅި އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ކޮމްޕްރެސަރު

    ވަކިމީހެއްގެ ސަރުކާރުންނޭ ނުބުނެ ދިވެހި ސަރުކާރުންނޭ ވެސް ބުނެވިދާނެ ނޫންތޯ. ކޮންމެހެން މިވެނިމީހެކޭ ބުނަން މަޖުބޫރީތަ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.