ހިލޭ އިންޓަނެޓު ގުޅައިދޭ ފިކްސްޑް ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިިފި އެވެ.
ދިރާގުން ބުނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ދަށުން ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް އެކުންފުނީގެ ފައިބާ ޓު ދަ ހޯމްގެ 100 އެމްބީޕީއެސް ޕެކޭޖުން ލިބޭނެ ކަމަށެވެ.
އިއްޔެއިން ފެށިގެން އަންނަ މަހުގެ 31ގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށާއި އެ ޕްރޮމޯޝަންގައި ފައިބަ ކަނެކްޝަނާއި އޭޑީއެސްއެލް ހިލޭ ގުޅައިދޭނެ ކަމަށެވެ.
އަދި އެ ޕްރޮމޯޝަނުގައި ތިން މަސްދުވަސް ވަންދެން ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
ދިރާގުގެ ފައިބާ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 17 އެހެން ރަށަކަށް މިހާތަނަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތިހުރިހާ ރަށަކުން ލިބެއެވެ. ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ދަށުން ލިބެން ހުންނަ ސްޕީޑްތަކަކީ ފަހެއް، 10، 15، 25، 50 އަދި 100 އެމްބީޕީއެސް އެވެ.