ކެބިން ކްރޫ އެންޓްރީ ލެވެލް ކޯސް ނިމި، ސެޓްފިކެޓް ދީފި

އޭދަފުށީގަިއ ހިންގި ކެބިން ކްރޫ ކޯސް ފުރިހަމަކުރި ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން. އީޓީ ފޮޓޯ/ތޯރިގް

ދިވެހި ކެބިން ކްރޫ އެކަޑަމީ (ޑީސީސީއޭ) އާއި ފޭލި ޖަމިއްޔާ ގުޅިގެން އޭދަފުށީގައި ހިންގި ކެބިން ކްރޫ އެންޓްރީ ކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މި މަހު 5-14 އަށް އޭދަފުށީގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ރާއްޖޭގެ އެކި ރަށްރަށުން ޖުމްލަ 14 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓްވަނީ ހާސިލްކޮށްފަ އެވެ.

ކެބިން ކްރޫ ކޯސް ފުރިހަމަ ކުރި ބަިއވެރިއަކަށް ސެޓްފިކެޓް ހަވާލުކުރަނީ– އީޓީ ފޮޓޯ / ތޯރިގް

ކޯހުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އެވެ.

ޑީސީސީއޭގެ ފައުންޑާ ހުސައިން ހަލީމް ވިދާޅުވީ މި ކޯހުގައި ކެބިން ކްރޫއެއް ވަޒީފާއަށް ނުކުންނައިރު ހަދަން ޖެހޭ ޓްރޭނިންގެ 50 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ އިތުރުން ކުދިންގެ ސޮފްޓް ސްކިލްސް ކުރިއެރުވުމުގެ ގޮތުން އެކުދިންގެ އަމިއްލަ ސެލްފް އިވެލުއޭޝަން އާއި ސެލްފް އިވެލުއޭޓް ކުރުމަށްފަހު ރަނގަޅުކުރަންޖެހޭ ކަންތައްތައްވެސް ދަސްކޮށް ދެވުނު ކަމަށް ހަލީމް ވިދާޅުވި އެވެ.

ކެބިން ކްރޫ ކޯސް ނިންމި ބައެއް ބައިވެރިން

 

“ހަމަ އެއާއެކު ވަޒީފާގެ މާކެޓަށް ނުކުންނައިރު އިންޓަވިއުތަކުގައި ބައިވެރިވެ، އިންޓަވިއުތައް ސަކްސަސްފުލްކޮށް ކޮމްޕްލީޓް ކުރާނެ ގޮތާއި އެކަމުގެ އަމަލީ ތަޖުރިބާ ދެވުނު،” ހަލީމު ވިދާޅުވި އެވެ.

ކެބިން ކްރޫ ކޯސް ފުރިހަމަ ކުރި ބަިއވެރިއަކަށް ސެޓްފިކެޓް ހަވާލުކުރަނީ– އީޓީ ފޮޓޯ / ތޯރިގް

މި ކޯސް ފުރިހަމަ ކުރި ފ. މަގޫދޫ އަހްމަދު ސާޖިދު އީޓީ އާ ވާހަގަ ދައްކަމުން ބުނީ ކެބިންކްރޫ ހިންގި ކޯހުން ކެބިން ކްރޫންގެ ރޯލް އަދި މަސްއޫލިއްޔަތު ވަރަށް ބޮޑަށް އެނގިގެންދިޔަ ކަމަށާއި އޭގެ އިތުރުން ކަސްޓަމާ ކެއާ އަކީ ކޮބައިކަމާއި ކަސްޓަމަރުންނަށް ޑީލް ކުރާނި ކިހިނެއްކަން އެގިގެންދިޔަ ކަމަށެވެ.

“އަސްލު ހަގީގަތުގައި މި ކޯހުގެ ސަބަބުން އަޅުގަނޑުމެންނަށް އިންޓަވިއުއަކަށް ގޮސް އިންޓަވިއު އެންމެ ފުރިހަމައަށް ކުރިއަށް ގެންދާނެ ގޮތް އެންމެ ފުރިހަމައަށް އެނގިގެންދިޔަ، އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ފައިދާހުރި ވަރަށް ބޭނުން ހިފޭނެ ކޯހެއް،”

އެކި ދާއިރާތަކުން މީހުން ބިނާ ކުރުމުގެ ގޮތުން ފޭލިން އަންނަނީ ތަފާތު ގިނަ ކޯސްތަކެއް ހިންގަމުންނެވެ. އެ ޖަމިއްޔާއިން ބުނީ އަންނަ މަހު ކޭކް ޑެކަރޭޓިން އެޑްވާންސްޑް ކޯހެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.