ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޕްރީ ސްކޫލް ޓީޗަރުން ހޯދަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޕްރީ ސްކޫލް ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ސަރުކާރުން ހިންގާ ޕްރީ ސްކޫލުތަކަށް ނަގާ ޓީޗަރުންގެ އަސާސީ މުސާރަ އުޅެނީ 7،000 ރުފިޔާ އާއި 9850 ރުފިޔާއާ ދެމެދުގަ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ ލިބޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

މީގެ ކުރިން ސަރުކާރުގެ ޕްރީ ސްކޫލްތަކަށް ޓީޗަރުން ނަގަމުން ދިޔައީ ކޮންޓްރެކްޓް އުސޫލުން އަހަރު ދުވަހަށެވެ.

އެޑިއުކޭޝަންގެ އިއުލާނެއްގައި ބުނެފައި ވަނީ ވަޒީފާއަށް އެދޭ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އަށް ނުވަތަ ވަޒީފާ އިއުލާންކޮށްފައިވާ ސަރުކާރުގެ ސްކޫލަކަށް ހުށަހަޅަން ވާނެ ކަމަށެވެ.

ކުރިމަތިލާ ޓީޗަރުންގެ އިންޓަވިއު ކުރުން އޮންނާނީ މި މަހުގެ 22 އާއި 30 ވަނަ ދުވަހާ ދެމެދު ކަމަށް ވެސް އެޑިއުކޭޝަންގެ އިއުލާންގައިވެ އެވެ.

ޕްރީސްކޫލްތަކަށް ނަގާ ޓީޗަރުންގެ ޝަރުތަކީ އާލީ ޗައިލްޑްހުޑް ކެއާގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް ތިނެއް ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

ޕްރީ ސްކޫލް ހިންގުމުގެ ގާނޫނުގެ ދަށުން އެޑިއުކޭޝަނުން ހަދާފައިވާ ގަވާއިދުގަ ބުނާ ގޮތުން ފްރީ ސްކޫލް ކުދިންގެ ޖުމްލަ އާބާދީގެ ކޮންމެ 25 ކުއްޖަކަށް ޓީޗަރަކު ހުންނަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.