އެޕަލްގެ އެންމެ ފަހުގެ އުފެއްދުން އަދި ސްމާޓްފޯންގެ ކުރިމަގު ކަމުގައިވާ އައިފޯން 10، އަންނަ ޑިސެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ވިއްކަން އުރީދޫން ތައްޔާރުވެއްޖެއެވެ.
އުރީދުން މިއަދު ބުނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އައިފޯން 10 ވިއްކަން ފަށާނެ ކަމަށެވެ. އަދި ބުނީ ޕްރީ އޯޑަރު ނަގަން އަންނަ ހަފުތާގެ ހުކުރު ދުވަހު (ނޮވެމްބަރުމަހުގެ 24 ވާ ހުކުރު ދުވަހު) ފަށާނެ ކަމަށެވެ. ޕްރީއޯޑަރު ނަގާނީ އުރީދޫގެ ވެބްސައިޓު މެދުވެރިިކޮށެވެ.
އައިފޯނު އެކްސް ޓެލެކޮމް ކުންފުނިތަކުން ގެންނައިރު، ބައެއް ފިހާރަކުން މިހާރު ވަނީ އައިފޯނު އެކްސް ގެނެސް ވިއްކަން ފަށާފަ އެވެ. މި ފޯނުގެ އަގުތައް ހުރީ 20،000 ރުފިޔާ އިން މަތީގަ އެވެ.