ކޭކް ޑެކަރޭޝަން އެޑްވާންސް ކޯހެއް ފަށަނީ

އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާޓްސް އާއި އޭދަފުށީ ފޭލި ޖަމިއްޔާ ގުޅިގެން ކޭކު އަޅަން ދަސްކޮށްދޭ އެޑްވާންސް އަދި ބޭސިކް ލެވެލްގެ ކޯހެއް އޭދަފުށީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަންނަމަހު ފަށާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ކޯހުގައި ކިޔަވައިދޭނީ އީއެފް އީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާޓްސްގެ ކޮލިފައިޑް ލެކްޗަރާއިންނެވެ. އަދި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އެމެރިކާގެ ވިލްޓަންގެ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް ފޭލި ޖަމިއްޔާއިން ބުންޏެވެ.

މި ކޯސްތައް ވެސް އަމާޒު ކޮށްފައިވާނީ މުޅި ބ އަތޮޅަށް، ބައިވެރިންނަށް ކޭކު އަޅަން ބޭނުންވާ ކިޓް އެއްކޮށް ލިބޭނެ. މިއީ ބައިނަލް އަގްވާމީ ފެންވަރުގެ ކޯސްތަކެއް، 10 ދުވަހުން މުޅި ސިލަބަސް ކަވަރު ކޮށްދެވޭނެ، އަޅުގަނޑުމެންގެ އަމާޒަކީ ގޭގައި ތިބެގެން ނަފާ ހޯދަން ބޭނުންވާ މީހުންނަށް ވީހާވެސް ކައިރިން ތަމްރީން ޕްރޮގްރާމްތަށް ހިންގޭނެ ގޮތްތަކެއް ފަހިކޮށްދިނުން.” ފޭލީގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

“ކޮންމެ ކޯހަކަށް ވެސް އޮތީ އެންމެ 20 ޖާގަ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 9631111، 7977087, 7704030 ނަންބަރަށް ގުޅައިގެން މިހާރު ނަން ނޯޓް ކުރެވޭނެ،”

ތަފާތު އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށް ފޭލި ޖަމިއްޔާ އިން އޭދަފުށީގަިއ އަންނަނީ ގިނަ ކޯސްތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ ހަފްތާ އެ ޖަމިއްޔާއިން ވަނީ ކެބިން ކްރޫން ތަމްރީން ކުރުމުގެ ކޯހެއް ވެސް އޭދަފުށީގައި ހިންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.