ލޭންގްއޭޖް ލާނިން ސެންޓަރު (އެލްއެލްސީ)ގެ އިނގެރޭސި ކްލާސްތަކެއް އަންނަ އަހަރު އޭދަފުށީގައި ފެށުމުގެ ތައްޔާރީތަައް ވާން ފަށައިފި އެވެ.
އެގޮތުން މިކަމާ ގުޅިގެން ބެލެނިވެރިންނާއި ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ބައްދަލުވުމެއް މިރޭ 8:45 ގައި މަލްޓިޕާޕަސް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ި ބައްދަލުވުމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަކީ އެ ސެންޓަރުގެ ވަރަށްބޮޑު އެދުމެކެވެ.
އެލްއެލްސީ އަކީ ހުރިހާ އުމުރެއްގެ ދަރިވަރުންނަށް އިނގެރޭސި ބަސް އިންޓަނޭޝަނަލް ފެންވަރުގައި ކިޔަވައިދޭ ސެންޓަރެކެވެ.