ކިހާދޫ އާ މިސްކިތް މިމަހު ފަހުކޮޅު ހުޅުވަނީ

ކިހާދޫގައި އިމާރާތް ކުރާ އާ މިސްކިތް : އަހަރު ނިމުމުގެ ކުރިން މަސައްކަތް މުޅިން ނިމޭނެކަމަށް ކައުންސިލުން އުއްމީދު ކުރޭ

އިސްލާމިކް މިނިސްޓްރީން ބ. ކިހާދޫގައި އަޅާ އާ މިސްކިތުގެ މިމަހުގެ ފަހުކޮޅު ހުޅުވޭވަރު ވާނެ ކަމަށް ކިހާދޫ ކައުންސިލުން ބުނެފި އެވެ.

2011 ވަނަ އަހަރު އަޅަން ފެށި 500 މީހުންގެ ޖާގައިގެ މި މިސްކިތުގެ މަސައްކަތްތައް ތަފާތު އެކި ސަބަބުތަކާ ގުޅިގެން އެތައް އަހަރެއް ވަންދެން މެދުކެނޑިފައި އޮތުމަށްމަށްފަހު އެ މިސްކިތް ނިންމުމުގެ މަސައްކަތް އަލުން ފެށީ މިއަހަރުގެ ތެރޭގައެވެ.

ކިހާދޫ ކައުންސިލުގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ މިސްކިތުގެ މައިގަނޑު ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި މިމަހު ފަހުކޮޅު މިސްކިތް ހުޅުވޭނެ ކަމަށެވެ.

“މިހާރު ކުރިއަށްދަނީ މިސްކިތުގެ ލައިޓްތައް ހަރުކުރުމާއި އޭސީ ސޮކެޓްތައް ހަރުކުރުމުގެ މަސައްކަތް. މުންނާރުގައި ކުލަލާވެސް ނިންމާލަނީ، އެހެން ހުރިހާ ކަމެއް ނިމިފަހުރީ،”

ކިހާދޫގައި އިމާރާތް ކުރާ އާ މިސްކިތް : އަހަރު ނިމުމުގެ ކުރިން މަސައްކަތް މުޅިން ނިމޭނެކަމަށް ކައުންސިލުން އުއްމީދު ކުރޭ

ކިހާދޫ ކައުންސިލުން ބުނީ އާ މިސްކިތް ބޭނުންކުރަން ފެށުމާއެކު އެރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ މިސްކިތުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށާ، މިއީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއްކަމަށެވެ.

500 އެއްހާ މީހުންގެ އާބާދީއެއް އޮތް ކިހާދޫގައި މިވަގުތު ނަމާދުކުރުމަށް ބޭނުންކުރަނީ މީގެ އެތައް އަހަރެއް ކުރިން ބިނާކޮށްފައިވާ ކުޑަމިސްކިތެކެވެ. ހާއްސަ މުނާސަބަތުތަކާ، ހުކުރު ނަމާދަށް މިސްކިތް ނުފުދޭތީ، ފަހަކަށް އައިސް ނަމާދުކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމަށް ކިހާދޫ ކައުންސިލުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.