މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރަން ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި ސަގާފީ ޖާފަތެއް ބާއްވަން ނިންމައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ޖާފަތް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެންމެ ކުރީގެ ޖާފަތާ އެއްގޮތަށެވެ. މިއީ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ ޙަރަކާތަށް ވެގެންދާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ނަމާދަށްފަހު، ގްރޭޑް 8 ން މަތީގެ ދަރިވަރުންނަށް ހާއްސަ ކޮށްގެންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ގައުމީ އެއްބައިވަންތަކަމާއި ގައުމީ ރޫހު ދަރިވަރުންގެ ކިބައިގައި އާލާކޮށް ދިރުވުމުގެ މަގުސަދުގައި ބާއްވާ މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ފަތިސްނަމާދަށްފަހު އެވެ. މިނިސްޓްރީން ބުނީ މި ހަރަކާތް ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.