ބ. ކިހާދޫ ކިހާ ޖަމިއްޔާއިން އިސްނަގައިގެން އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާނާއި އެރަށު ކައުންސިލު ގުޅިގެން ހިންގި ޤާރީ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.
މިއީ އެމްކިޔުކޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް އެކެއް އަދި ދޭއްގެ ކޯހެކެވެ. ކިހާދޫގެ 78 މީހުން މި ކޯސް ފުރިހަމަ ކުރިއެވެ.
ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނީ ރޭ ކިހާދޫ ސްކޫލުގައި ބޭއްވި ހަފުލާއެއްގައި އިސްލާމިކް ޔުނިވަސިޓީގެ ދެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަން ޑޮކްޓަރ މަރިޔަމް ޝަހުނީޒާ އެވެ. އެ ހަފުލާގައި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާނުގެ ފަރާތުން ރެކްޓާ އަލްއުސްތާޒު އަލީ ޒިޔާދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކިހާ ޖަމިއްޔާއިން ބުނީ، ގާރީ ލެވެލް އިތުރު ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.