ބ. މުއްދޫގައި ހިންގާ ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓަށް ދެ އެވޯޑު ލިބިއްޖެއެވެ.
ތައިލެންޑްގައި ބޭއްވި ހޯޓް ގްރޭންޑިއޯ ގްލޯބަލް ހޮޓެލް އެންޑް ސްޕާ އެވޯޑްސްގައި ޑުސިޓު ތާނީ އަށް ވަނީ އެންމެ މޮޅު ލަގްޒަރީ ހޮޓެލް އާއި އެންމެ ރަނގަޅު ފެމިލީ ރިސޯޓުގެ އެވޯޑު ލިބިފައެވެ.
ޑުސިޓް ތާނީގައި 94 ވޯޓާ ވިލާ ވެއެވެ. މީގެ އިތުރުން 750 އަކަ މީޓަރުގެ އިންފިނިޓީ ޕޫލެއް ވެސް ވެއެވެ.
ރިސޯޓުގައި ފަސް ރެސްޓޯރަންޓާއި ބާ ހުރިއިރު، ކުޑަކުދިންނަށްޓަކައި ކިޑްސް ކްލަބެއް ވެސް ވެއެވެ.
ހޯޓް ގްރޭންޑިއޯ އެވޯޑަކީ ރިސޯޓު ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުގެ ފީޑްބެކަށް ބަލާފައި ދޭ އެވޯޑެކެވެ. އެ ގޮތުން މި ފަހަރުގެ އެވޯޑުގައި ހަތް ބައްރަކުން 172 ހޮޓެލް އާއި ރިސޯޓުތަކަށް ބަލާލާފައިވެއެވެ.