ބަހިއްޔާ ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި

އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް

ބަހިއްޔާ ޕްރީސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް އައިލެންޑާސް މޯލްޑިވްސްއާ އެކު އޭދަފުށީ ކައުންސިލުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު، އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބަހިއްޔާ ޕްރީ ސްކޫލުގެ ގްރައުންޑް ފްލޯގައި ޕްރީ ސްކޫލު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

މި ބީލަމާގުޅޭ ގޮތުން މައުލޫމާތުދިނުން މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ރަށު ކައުންސިލު އިދާރާގައި އޮންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނިގޮތުގައި ފްރެންޗައިޒް އުސޫލުން ބަހިއްޔާ ޕްރީ ސްކޫލު ހިންގުމަށް އައިލެންޑާސް އެޑިއުކޭޝަނާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ އިޤްރާ އިންޓަނޭޝަނަލް ސްކޫލްއާ ގުޅިގެން އޭދަފުށީ ކައުންސިލުން ބަހިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް އެއްބަސްވެފައިވަނީ، މާލިއްޔަތު ގާނޫނުގައި ބަޔާން ކޮށްފައިވާ އިޖްރާއަތްތަކާ ޚިލާފަށް ކަމަށްވާތީ އެވެ.

އަދި ކުރިން މިކަން ހިނގާފައިވަނީ ހުޅުވާލެވިފައިވާ ބިޑިންއަކަށް ނުގޮސްކަމަށާ، މާލިއްޔަތު ގާނޫނުގެ ދަށުން ބަހިއްޔާ އިންޓަނޭޝަނަލް ކުރުމަށް އަލުން ބީލަމަށް ލާން ޖެހޭނެކަމަށް އޭސީސީން ވެސް އަންގާފައިވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.