ކުޑަކުދިންގެ ޕާކު އާއްމުންނަށް ހުޅުވާލައިފި

އޭދަފުށީ ދެނުކު ފަރާތު ހިއްކި ބިމުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު މިއަދު އާއްމުންނަށް ހުޅުވާލައިފި އެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު މިއަދު ހަވީރު ޕާކު ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އޭދަފުއްޓަށް އުފަން އާދިލް މޫސާ އެވެ.

ކުޑަކުދިންތަކެއް ޕާކު ތެރޭގައި ކުޅެނީ. ޕާކު ރަސްމީކޮށް ހުޅުވާނީ އަންނަ މަހު—އީޓީ ފޮޓޯ ތޯރިގް

ޕާކު މިއަދު އާއްމުންނަށް ހުޅުވާލި ނަމަވެސް އަންނަމަހު ތެރޭ ކުލަ ގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ޕާކު ހުޅުވުން އޮންނާނެ ކަމަށް އާދިލު ވިދާޅުވި އެވެ.

“ސްކޫލު ބަންދާ ދިމާވީމަ ގިނަ ބައެއްގެ އެދުމުގެ މަތިން ނިންމީ މިތަން އެ ކުދިންނަށް ވަގުތީ ގޮތުން ނަމަވެސް ހުޅުވާލަން. މިތަނުގައި އަދިވެސް ބައެއް ކަހަލަ އިތުރު އައިޓަމުތައް ބެހެއްޓިގެންދާނެ. އަންނަމަހު ރަސްމީކޮށް ހުޅޭވޭ ދުވަހު ކުޑަކުދިން މަޖާވާނެ ތަފާތު ހަރަކާތްތައް އޮންނާނެ،”

ކުޑަކުދިންތަކެއް ޕާކު ތެރޭގައި ކުޅެނީ. ޕާކު ރަސްމީކޮށް ހުޅުވާނީ އަންނަ މަހު—އީޓީ ފޮޓޯ ތޯރިގް
ކުޑަކުދިންތަކެއް ޕާކު ތެރޭގައި ކުޅެނީ. ޕާކު ރަސްމީކޮށް ހުޅުވާނީ އަންނަ މަހު—އީޓީ ފޮޓޯ ތޯރިގް

އާދިލު ވިދާޅުވި ގޮތުގައި މިއީ ވަރަށް ގިނަ ބައެއްގެ ވަރަށްބުރަ މަސައްކަތް ކަމަށާއި އަދި މިއީ ރަށުގައި އުޅޭ ހުރިހާ ކުޑަކުދިންނަށް ލިބިގެންދާނެ ފައިދާއެކެވެ. އަދި މިތަން އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ރައްޔިތުންގެ ކިބައިން އާދިލް އެދިވަޑައިގެންނެވި އެވެ.

މި ޕާކު ތަރައްގީކޮށްފައިވަނީ މާލޭގައި ހުންނަ ޕާކްތައްވެސް ހުންނަ ފެންވަރަށް އެންމެ ޒަމާނީ ފެންވަރަށެވެ. އެތަނުގައި ކުޑަކުދިން ކުޅޭނެ ސާމާނާއި އެކުދިންގެ ބެލެނިވެރިންނަށް އިށީންދެލައިގެން ތިބެވޭނެ ގޮތް ހަދާފައިވެ އެވެ. ޕާކުގައި ސީސޯވް މެރީގޯރައުންޑް، އުނދޯލި ލެޑާ ސްލައިޑް ޕްލޭގްރައުންޑް ކްލައިމްބާސް ފަދަ ތަފާތު ތަކެތި ބަހައްޓާފައި ވެ އެވެ.

ކުޑަކުދިންތަކެއް ޕާކު ތެރޭގައި ކުޅެނީ. ޕާކު ރަސްމީކޮށް ހުޅުވާނީ އަންނަ މަހު—އީޓީ ފޮޓޯ ތޯރިގް

 

 

އޭގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަ އައުޓް ޑޯ ޖިމެއްވެސް ޕާކު ތެރޭގައި ހުރެ އެވެ.

ކުޑަކުދިންތަކެއް ޕާކު ތެރޭގައި ކުޅެނީ. ޕާކު ރަސްމީކޮށް ހުޅުވާނީ އަންނަ މަހު—އީޓީ ފޮޓޯ ތޯރިގް
ކުޑަކުދިންތަކެއް ޕާކު ތެރޭގައި ކުޅެނީ. ޕާކު ރަސްމީކޮށް ހުޅުވާނީ އަންނަ މަހު—އީޓީ ފޮޓޯ ތޯރިގް
ކުޑަކުދިންތަކެއް ޕާކު ތެރޭގައި ކުޅެނީ. ޕާކު ރަސްމީކޮށް ހުޅުވާނީ އަންނަ މަހު—އީޓީ ފޮޓޯ ތޯރިގް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.