ދަރަވަންދޫގައި ފެނުގެ ނިޒާމު ގާއިމުކުރާނެ ބަޔަކު ހޯދަނީ

ދަރަވަންދޫ މަގެއްގައި އަންހެން ކުއްޖަކު ސައިކަލެއްގައި ދުއްވާފައި ދަނީ.. އީޓީ ފޮޓޯ/ތޯރިގް

ބ. ދަރަވަންދޫގައި ސާފު ބޯފެނުގެ ނިޒާމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މަޝްރޫއުތަކަކީ ގްރީން ކްލައިމެޓް ފަންޑުން (ޖީ.ސީ.އެފް) އިން ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދަރަވަންދޫ އާއި ށ. ފޯކައިދޫ އާއި ހދ. ނޮޅިވަރަމް އަދި ރ މަޑުއްވަރީގައި އެ މަޝްރޫއުތަކުގެ ދަށުން ފެނުގެ ވިޔުގަ އެޅުމާއި، ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުން އަދި އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެއް އެޅުމުގެ ޝައުގުވެރިވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ބީލަން ފޮތުގެ ސޮފްޓް ކޮޕީ ފިނޭންސް މިނިސްޓްރީއިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެދަށުން ދަރަވަންދޫގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ގޮތުގައި 12000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.