ދުނިޔޭގެ އެންމެ ރީތި 50 ބީޗުގެ ތެރޭގައި ފުޅަދޫ ބީޗު

ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ލިސްޓުގެ 22 ވަނައިގައި ހިމެނުނު ބ. ފުޅަދޫ ބީޗް —

ކެނެޑާގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި، ފްލައިޓް ނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ރީތި 50 ބީޗުގެ 22 ވަނައިގައި ބ. އަތޮޅު ފުޅަދޫ ބީޗު ހިމެނިއްޖެ އެވެ.

ފުޅަދޫ ބީޗު ސިފަކޮށް މަޝްހޫރު އޮންލައިން ޓެރަވަލް އެޖެންސީއެއް ކަމަށްވާ ފައިވް ސުޓާ އެލަޔަންސްގެ ކޮންޓެންޓް މެނޭޖަރު އަދި ލަގްޒަރީ ހޮޓެލް އެކްސްޕާޓެއް ކަމަށްވާ ރޭޗަލް ވިއާ ވިދާޅުވީ، ފުޅަދޫ އަކީ ލަގްޒަރީ ދުވަސްތަކެއްގެ މަންޒިލެއް ކަމަށެވެ.

“މިއީ ލަގްޒަރީ ދުވަސްތަކާއި ދިއްލިފައި އޮންނަ ޓްރޮޕިކު ބީޗެއްގައި ރޭތައް ހޭދަ ކޮށްލަން ބޭނުންވާނެ އޮތް މަންޒިލެއް. ވެލިން ހޭކިފައިވާ ފައިގެ ދަށުން ބަބުޅާ ރާޅުތައް ހޭކިގެންދާއިރު ތިމާއަށް ވިސްނައިލެވޭނެ، [ދުނިޔެ މަތީގެ ސުވަރުގެ]” އަކަށް އާދެވުނީ ކިހިނެއްތޯ،” ފުޅަދޫ ބީޗު ސިފަކޮށް ރޭޗަލް ވިދާޅުވެފައިވެ އެވެ.

ފްލައިޓްނެޓްވޯކް އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ލިސްޓުގެ 22 ވަނައިގައި ހިމެނުނު ބ. ފުޅަދޫ ބީޗް —

ކެނެޑާގެ މަޝްހޫރު ވިޔަފާރި މެގަޒިން ޕުރޮފިޓް އިން ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް ކެނެޑާގެ އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ކުންފުނީގެ ގޮތުގައި ހޮވާފައިވާ ފްލައިޓް ނެޓްވޯކުން އެކުލަވާލި އެ ލިސްޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު ޓެރަވަލް ޕްރޮފެޝަލްސްގެ ހިޔާލާ އެކު އެކުލަވައިލައިފައިވާ ލިސްޓެކެވެ.

އެގޮތުން، އެ ލިސްޓަށް ދުނިޔޭގެ މަޝްހޫރު 600 އަށް ވުރެ ގިނަ ޓްރެވަލް ޖާނަލިސްޓުންނާއި އެޑިޓަރުން އަދި ބުލޮގަރުންނާއި އެޖެންސީތަކުން ލިބުނު ހިޔާލާއި ތަޖުރިބާ ހިއްސާ ކޮށްފައިވާ އިރު، ކޮންމެ ބީޗަކަށް ވެސް އެ ބީޗެއް ތަޖުރިބާ ކުރި މީހެއްގެ ބަސް ކޮޅެއް ހިމަނާފައިވެ އެވެ.
ދުނިޔޭގެ އެންމެ ފުރިހަމަ 50 ބީޗުގެ ތެރޭގައި ފުޅަދޫގެ އިތުރުން ރާއްޖޭގެ އދ. ދިގުރަށު ބީޗު ހިމެނިފައި ވަނީ 34 ވަނައިގަ އެވެ.

ފްލައިޓްނެޓްވޯކުގެ އެންމެ ފުރިހަމަ 50 ބީޗުގެ އެއްވަނައިގާ ހިމެނެނީ އެޓްލާންޓިކް ކަނޑުގައި އޮންނަ އިނގިރޭސި ވިލާތުގެ ސަރަހައްދެއް ކަމަށްވާ ޓާކްސް އެންޑް ކެއިކޮސް އައިލެންޑްސްގެ ގުރޭސް ބޭ ބީޗް އެވެ.

އޮސްޓްރޭލިއާގައި އޮންނަ ވައިޓްހެވަން ބީޗަށް ލިސްޓުގެ ދެވަނަ ލިބުނު އިރު، ލިސްޓުގެ ތިންވަނާގައި އޮތީ، ސީޝެލްސްގެ އަންސެ ލޭޒިއޯ ނަމަކަށް ކިޔާ ބީޗެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މރ.މޯލަޑިވިއަން

    ފުޅަދޫގެ ރައްޔަތުންނަށް ގޮވާލަން ތިބީޗް ތިގޮތުގައި ބޭއްވުމަށް ގަދައަޅާ މަސައްކަތް ކުރަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.