ރިސޯޓް މުބާރާތް ހުޅުވައިދޭނީ ޑުސިޓާއި ލަނޑާގިރާވަރު

މިދިޔަ އަހަރުގެ ރިސޯޓް މުބާރާތުގެ ތެރެއިން -- ފައިލް ފޮޓޯ
މިދިޔަ އަހަރުގެ ރިސޯޓް މުބާރާތުގެ ތެރެއިން — ފައިލް ފޮޓޯ

 

ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ “ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ ޓޯނަމެންޓް 2013″ ގެ ފުރަތަމަ މެޗުގައި ޑްސިޓް ތާނީ އާއި ލަނޑާގިރާވަރު ރިސޯޓް” ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

 މި ގޮތަށް ހަމަޖެހުނީ މަލްޓިޕާޕަސް ބިލްޑިންގ ގައި ބޭއްވި މުބާރާތުގެ ގުރު ނެގުމުގަ އެވެ.

މުބާރާތުގެ ޝެޑިއުލްގައިވާ ގޮތުން އަންނަ ހުކުރު ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ޑުސިޓް އާއި ލަނޑާގިރާވަރު ލައްވާލީ ގުރޫޕް އޭގަ އެވެ. މި ގުރޫޕްގައި ދެން އޮތީ އަނަންތަރާ ކިހަވައް ވިލާސް އެވެ. ގުރޫޕް ބީގައި އޮތީ މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނެވާފުއްޓާއި، ރޯޔަލް އައިލެންޑް އަދި މި މުބާރާތުގެ އަލަށް ބައިވެރިވި ކިހާދު މޯލްޑިވްސް އެވެ.

މުބަރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ސީސީ އިން ބާއްވާ މި މުބާރާތަށް ރިސޯޓްތަކުން އަންނަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ.

ކްލަބް ކޮމްބިނޭޝަން އިން ބުނުގޮތުގައި، މިއަހަރުވެސް އެންމެ ބޮޑު އަމާޒަކީ ފެންވަރު ރަނގަޅު، ކާމިޔާބު އަދި ފޯރިގަދަ މުބާރާތެއްގެ ގޮތުގައި މުބާރާތް ނިމިގެން ދިއުމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ނަސީރު

    ސީ.ސީ ވަރެއް ނުވާނެ. މިފަހަރު މުބާރާތްވެސް ވަރަށް ފޯރި ގަދަ ވާނެ ކަމަށް ހީކުރަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.