މެޑްޓެކުން އޭދަފުށީ ބޮޑު މިސްކިތަށް ކާޕެޓް ހަދިޔާކޮށްފި

މެޑްޓެކުން އޭދަފުށީ މިސްކިތަށް ހަދިޔާކުރި ކާޕެޓް މިއަދު ރަށަށް ބާލަނީ / ފޮޓޯ: ކައުންސިލް

ސިއްހީ ދާއިރާއަށް ބޭނުންތަކެތި ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) އަށް ކާޕެޓް ހަދިޔާ ކޮށްފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ، ބޮޑު މިސްކިތަށް މެޑްޓެކުން ހަދިޔާކުރި ކާޕެޓް މިއަދު މިރަށް ލިބިފައިވާ ކަމަށެވެ.

“އާ ކާޕެޓްތައް މިހާރު ލިބިފައި ހުރީ. އަންނަ ހަފްތާތެރޭ ކާޕެޓް އެޅުމުގެ މަސައްކަތވެސް ފެށިގެންދާނެ ކަމަށް މިބަލަނީ،” ތޮލާލު ވިދާޅުވި އެވެ.

ތޮލާލު ވިދާޅުވީ މެޑްޓެކުން ހަދިޔާކުރި ކާޕެޓް އަޅައިދޭނީ ވެސް އެ ކުންފުނިން ކަމަށެވެ.

ައޭދަފުށީ ބޮޑު މިސްކިތަށް މެޑްޓެކުން ހަދިޔާކުރި ކާޕެޓްތައް މިސްކިތަށް ގެންދިއުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: ކައުންސިލް

ތޮލާލް ވިދާޅުވީ ކާޕެޓްގެ އިތުރުން ބޮޑު މިސްކިތުގެ ގުއްބުގެ އެތެރޭގައި ހަރުކުރުމަށް ސީލިންގް ބޮޑު ފަންކާއެއް ހޯދުމާބެހޭގޮތުންވެސް ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރެވެމުންދާކަމަށާ، މަޝްވަރާތަކަށް ބޮޑެތި ކުރިއެރުން ލިބެމުން އަންނަކަމަށެވެ.

އޭދަފުށީ ރައްޔިތުން ހިލޭސާބަހަށް ކުރި މަސައްކަތުން، ސަރުކާރުގެ އެހީއާއެކު 1995 ވަނައަހަރު ބިނާކުރި މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގައި އެންމެ ފުރަތަމަ ކާޕެޓްއެޅީ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އޭގެފަހުން ކާޕެޓް އާކުރީ 2007 ވަނަ އަހަރުތެރޭގަ އެވެ. އެ ދެ ފަހަރު މިސްކިތުގެ ކާޕެޓް އެޅުމުގައި އޭދަފުށީގެ މަހުޖަނު ޗާންދަނީގޭ އަހްމަދު ނަޒީރުގެ ބޮޑު އެހީތެރިކަމެއްވެދީފައިވެ އެވެ.

މެޑްޓެކް މޯލްޑިވްސްއިން އަންނަނީ އޭދަފުއްޓަށް ހާއްސަކޮށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކުންފުނިން 2015 ގައި 3 މިލިއަން ރުފިޔާގެ ޑޖިޓަލް އެކްސްރޭ މެޝިނެއް ބ.އަތޮޅު ހޮސްޕިޓަލަށް ދިނެވެ. އަދި އެ ކުންފުނިން އަންނަތީ ބ. އަތޮޅު ތައުލީމީ މަރުކަޒު ޑިޖިޓަލް ކުރުމުގެ ޕްރޮޖެކްޓަށްވެސް އެހީ ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.