ހޮޅުދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

ބެޑްމިންޓަން މުބާރާތުގެ މެޗެއްގައި ހުސައިން ކުޅެނީ. ފޮޓޯ/ބީޑީސީ

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ޓީމް އިވެންޓް ބައިގެ ފައިނަލަށް އޭދަފުށީ ބެޑްމިންޓަން ޓީމު ދަތުރުކޮށްފި އެވެ.

އަތޮޅު ލީގުގެ ފިރިހެން ޓީމު އިވެންޓް ބައިގެ ފައިނަލުން އޭދަފުށި ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނ. ހޮޅުދޫ ބީޑީސީ ބަލިކުރުމަށް ފަހު އެވެ. ހޮޅުދޫގެ މައްޗަށް އޭދަފުށިން ކުރި ހޯދީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ.

ފައިނަލުގައި މާދަމާ ރޭ އޭދަފުށި ނުކުންނާނީ މިރޭ އައްޑޫ ސިޓީ ކައުންސިލާ އައްޑޫ ހޮރިޒޮން އާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮށެވެ.

ބެޑްމިންޓަން މުބާރާތުގެ މެޗެއްގައި މަތީން ކުޅެނީ. ފޮޓޯ/ބީޑީސީ

މި މުބާރާތުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުން މޮޅުވީ އައްޑު ސިޓީ ކައުންސިލާ ވާދަކޮށެވެ. ދެ ވަނަ މެޗުގައި މ. އަތޮޅު ސޮސައިޓީ ފޯ ޔޫތުގެެ މައްޗަށް ކުރިހޯދީ ސީދާ 5 މެޗުންނެވެ. ތިންވަނަ މެޗުގައި އައްޑޫ ހޮރިޒޮން އެކަޑަމީގެ މައްޗަށް ކުރި ހޯދީ 4-1 މެޗުންނެވެ.

އޭދަފުށީ ބެޑްމިންޓީމު ވަނީ މީގެ ކުރިން އަތޮޅު ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށް ތަށި މިލްކު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.