ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ޓީމް އިވެންޓް ބައިގެ ޗެމްޕިއަންކަން އޭދަފުށީ ބެޑްމިންޓަން ޓީމުން ހޯދައިފި އެވެ.
މިރޭ ކުޅުނު އަތޮޅު ލީގުގެ ފިރިހެން ޓީމު އިވެންޓް ބައިގެ ޗެމްޕިއަންކަން އޭދަފުށި ޓީމުން ހޯދީ ފައިނަލުގައި އައްޑޫސިޓީ ހޮރިޒޮން އެކަޑަމީ ބަލިކުރުމަށް ފަހު އެވެ. އައްޑޫ ތީމުގެ މައްޗަށް އޭދަފުށީ ޓީމުން ކުރި ހޯދީ ޓައިގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. އައްޑޫ މޮޅުވީ ޓައިގެ އެންމެ މެޗަކުންނެވެ.
ފިރިހެން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މިއަހަރުވެސް ހޯދީ ކްލަބް ސްޓެޓިކުންނެވެ. އެ ޓީމަށް މިއަހަރު ވަނީ އޭދަފުށީ ޓީމުގެ ހުސައިން މުހައްމަދު އާއި އަބްދުލް މަތީން ކުޅެފަ އެވެ.
މިއީ އޭދަފުށީ ބެޑްމިންޓަން ޓީމު އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. އެ ޓީމު ވަނީ ޖެހިޖެހިގެން 3 އަހަރު މުބާރާތް ކާމިޔާބުކޮށް ތަށި މިލްކް ވެސް ކޮށްފަ އެވެ.