ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަންނަވަނީ

2014 ވަނަ އަހަރު ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަތުމުން، ރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ.. / އީޓީ ފައިލް ފޮޓޯ

ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން އަންނަ ޑިސެމްބަރު މަހު އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޭދަފުއްޓަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނީ އަންނަމަހުގެ ފަހުކޮޅު އެވެ.

މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް ޔާމީން މިރަށަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. 2014 ވަނަ އަހަރު ރައީސް އޭރު އޭދަފުއްޓަށް ވަޑައިގެންނެވީ މިރަށުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވުމަށެވެ.

ރައީސް ޔާމީން މިއަހަރު އޭޕްރިލް މަހުވެސް އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނެވެ. ނަމަވެސް ރައީސްގެ އެ ދަތުރުފުޅު ދެ ފަހަރެއްގެ މަތިން ފަސްކުރެއްވިއިރު، އޭދަފުށި ވަނީ އެ ދަތުރުފުޅަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

ކުރިން އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ގޮތަށް އޮތީ، މަޝްރޫއުތަކެއް އިފްތިތާހުކުރުމަށާއި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށެވެ. އެހެންވެ ބެލެވޭ ގޮތުގައި މި ދަތުރުފުޅުގައި އާ މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.