އުރީދޫން ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް ތައާރަފްކޮށްފި

މޮބައިލް ގޭމިންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރޭ ފުރަތަމަ ގޭމް ސްޓޯރ ކަމަށްވާ އުރީދޫ ގޭމް ސްޓޯ އިއްޔެ އެކުންފުނިން ތައާރަފްކޮށްފިއެވެ. މި ސްޓޯރ މެދުވެރިކޮށް، މޮބައިލް ބޭނުންކޮށްގެން ކުޅޭ އެންމެ މަޤްބޫލު ގޭމުތައް ޑައުންލޯޑުކޮށް، އެއްވެސް އިޝްތިހާރަކާއި ނުލާ ކުޅެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ގޭމް ސްޓޯ ތަޢާރަފް ކުރުމާއި ބެހޭ ގޮތުން އުރީދޫގެ ސީއޯ ނަޖީބް ޙާން ވިދާޅުވީ “އަޅުގަނޑުގެ ކަސްޓަކަރުންނަށް ކަމުދާ، އައު ޚިދުމަތްތައް ރާއްޖޭގައި ތައާރަފްކުރުމަކީ، އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމެއް. މިގޮތުން، އުރީދޫ ގޭމް ސްޓޯ އިން އެންމެ ފަހުގެ މޮބައިލް ގޭމުތައް، ފަސޭހަކަމާއި އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ގުޅުވާލަދޭނެ. މިފަދަ، ރާއްޖެއަށް މުޅިން އައު ޚިދުމަތެއް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރާނީ މި ސްޓޯރ އިތުރަށް ފުޅާކޮށް، މޮބައިލް ގޭމް ކުޅުއްވާ ބޭފުޅުންނަށް ކަމުދާނެ ގިނަ ގޭމްތަކާއި، ތަފާތު ފީޗަރތައް އިތުރު ކުރުމަށް.” ކަމަށެވެ.

މޯބައިލް ފޯނަށް ޚާއްޞަ އުރީދޫ ގޭމް ސްޓޯ ޚިޔާރުކުރައްވައިގެން، www.ooredoogames.com މެދުވެރިކޮށް ފަހުގެ އެންޑްރޮއިޑް އަދި އެޗްޓީއެމްއެލް 5 ގޭމުތައް ޑައުންލޯޑު ކުރެވޭނެއެވެ. ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް، އުރީދޫ ގޭމް ސްޓޯރގެ ޚިދުމަތް ހޯދުމަށްޓަކައި ޚިޔާރުކުރެވޭނެ ޚާއްސަ ތިން އޮފަރ އެއް ވަނީ ތައާރަފް ކޮށްފައި ކަމަށް އުރީދޫ އިން ބުނެއެވެ.

ތިން ޕެކޭޖްގައި ހިމެނޭ އެއް ދުވަހު ކުޅެވޭ ގޭމާޒް ޕެކް ޑެއިލީ އަށް ޚަރަދު ކުރަން ޖެހޭނީ ދެ ރުފިޔާއެވެ. ހަފްތާ އަކަށް ބޭނުން ކުރެވޭ ގޭމާޒް ޕެކް ވީކްލީ އަށް 10 ރުފިޔާ ޚަރަދު ކުރަން ޖެހޭއިރު މަސް ދުވަހަށް ބޭނުން ކުރެވޭނެ ގޭމާޒް ޕެކް މަންތުލީ އަށް ޚަރަދު ކުރަން ޖެހޭނީ 25 ރުފިޔާ އެވެ.

މިގޮތުން އެންޑްރޮއިޑް ފޯނު ބޭނުން ކުރައްވާ ބޭފުޅުންނަށް، އުރީދޫ ގޭމް ސްޓޯ އިން ތަފާތު ގޭމިންގ އެޕްތައް ޑައުންލޯޑު ކުރެވޭނެއެވެ. އަދި އައިއޯއެސް ބޭނުން ކުރަށްވާ ބޭފުޅުންނަށް، ގޭމް ސްޓޯގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ގޭމުތައް އޮންލައިކޮށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އުރީދޫ ގޭމް ސްޓޯ އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓް ތަކަށް ޒިޔާރަތްކޮށްލެއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.