މި މަހުގެ ތިންވަނަ ދުވަހު އެޕަލް އިން ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 10 ދިރާގުން މިރޭ ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ އައިފޯން 10 ދުރާލާ އޯޑަރު ދިން މީހުންނަށް މިރޭ 12:00 ގައި ފޯނު ދޫކުރަން ފަށާނެ ކަމަށެވެ. އެކަމަށް ހާއްސަ ހަރަކާތްތަކެއް ދިރާގުގެ ހެޑް އޮފީހުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ
އައިފޯން 10 ގެ ޕްރީ އޯޑަރު، ދިރާގުން ނަގަން ފެށީ މި މަހުގެ 24 ގަ އެވެ. ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހުރިހާ ފޯނެއް ވަނީ ވިކި ހުސްވެފަ އެވެ.