ދަރަވަންދޫ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާކޮށްފި

ދަރަވަންދޫ ކައުންސިލުން އެރަށު ގެސްޓަ ހައުސްއަކަށް ތިމާވެއްޓާ ރައްޓެހި ކޮތަލު ހަދިޔާ ކުރަނީ– ފޮޓޯ/ދަރަވަންދޫ ކައުންސިލް

ބ. ދަރަވަންދޫ ކައުންސިލުން އެރަށު ސްކޫލު ދަރިވަރުންނަށާއި އޮފީސްތަކަށައި އަދި ގެސްޓް ހައުސްތަކަށް ތިމާވެއްޓާ ރައްޓެހި “ފޯ ދި އޯޝަން” ރީޔޫޒަބަލް ކޮތަޅު ހަދިޔާކޮށްފި އެވެ.

“ފޯ ދަ އޯޝަން” އަކީ އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމަށް ބާރު އަޅައި، ރިޔޫޒަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ދިރާގުން މިދިޔަ އަހަރުފެށި ކެމްޕޭނެކެވެ.

ދަރަވަންދޫ ކައުންސިލުން ސްކޫލް ކުދިންނަށް ތިމާވެއްޓާ ރައްޓެހި ކޮތަލު ހަދިޔާ ކުރަނީ– ފޮޓޯ/ދަރަވަންދޫ ކައުންސިލް

ދަރަވަންދޫ ކައުންސިލާ ދިރާގުގެ އެހީތެރި ކަމާއެކު ހިންގި މި ޕްރޮގްރާމުގައި ދެހާހެއްހާ ކޮޅު އެރަށު ސްކޫލު ދަރިވަރުންނާއި ގެސްޓު ހައުސްތަކަށް ވަނީ ހަދިޔާ ކޮށްފައެވެ.

ދަރަވަންދޫ ކައުންސިލުން ބުނި ގޮތުގައި މި ޕްރޮގްރާމުގެ މަގުސަދަކީ ކުނީގެ ގޮތުގައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ވީހާ ވެސް މަދުކުރުމެވެ. އަދި ދަރަވަންދޫއަކީ ކުނިބުނިން ސަލާމަތް ވެފައިވާ ރީތި ރަށަކަށް ހެދުމާއި ތިމާވެއްޓާ ރައްޓެހި ރައްޔިތެއް ބިނާކުރުމަކީވެސް މި ޕްރޮގްރާމުގެ މަގުސަދެއްކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

ދަރަވަންދޫ ކައުންސިލުން އެރަށު ގެސްޓަ ހައުސްއަކަށް ތިމާވެއްޓާ ރައްޓެހި ކޮތަލު ހަދިޔާ ކުރަނީ– ފޮޓޯ/ދަރަވަންދޫ ކައުންސިލް

“ފޯ ދަ އޯޝަން” އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ “ޕާލޭ” އާއި އެ ޖަމިއްޔާ އިން ހަމަޖައްސާފައިވާ ރާއްޖޭގެ އެސޯސިއޭޓް، ބީމްއާ ގުޅިގެން ދިރާގުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.