ކެންދޫގައި ފެންބޮޑުވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި.

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ބ. ކެންދޫއަށް ބޯކޮށް ވާރޭވެހި، ރަށު ތެރޭގައި މިއަދު ފެންބޮޑުވެއްޖެ އެވެ. އަދި އާއްމުންނަށް ބޮޑެތި ދަތިތަކާ ދިމާވުމުން ފުލުހުންގެ އެހީއަށް އެދިފައިވާ ކަމަށް، ކައުންސިލުން ބުނެ އެވެ.

ކެންދޫ ކައުންސިލުން ބުނީ މިއަދު މެންދުރުފަހުން ފެށީގެ އިރު އޮއްސުމާ ހަމައަށް ވެހުނު ވާރޭގެ ސަބަބުން ރަށުގެ މަގުތަކުގައި ދެ ފޫޓަށް ފެންބޮޑުވެފައިވާ ކަމަށެވެ.

ނަމަވެސް ގޭގެއަށް ފެން ވަނަ ނުދިނުމަށް، ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާތައް ޖެހެމުގެ ސަބަބުން އެއްވެސް ގެއަކަށް ފެންވަދެފައެއް ނުވެއެވެ. އަދި ފެން ހިންދުމުގެ އެހީއަށް އަތޮޅު ކައުންސިލާއި ފުލުހުންނަށް އެދިފައިވާ ކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ ކެންދޫގައި ފެން ބޮޑުވި ނަމަވެސް ހާލަތު މިވަގުތު އަދި ގޯސްނޫންކަމަށާ، ފިޔަވަޅު އަޅަންޖެހޭ ހާލަތަކަށް ފުލުހުންނާ، އަތޮޅު ކައުންސިލުން ތައްޔާރަށް އޮތްކަމަށެވެ. އަދި ފުލުހުންނާ އާއްމުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

ބ. އަތޮޅަށް އަދިވެސް މޫސުމް ވަރަށް ގޯހެވެ. އެހެންވެ، އަދިވެސް ވާރޭ ވެހި، ފެންބޮޑުވާނެތީ އަތޮޅު ކައުންސިލުންނާއު ފުލުހުން ތިބީ “އެލާޓު”ގައި ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ. .
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައަކީ ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

މެޓުން މިރޭ ވަނީ ވަނީ ހއ. އިން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އެލާޓުގައި ބުނެފައިވަނީ ކޮޅިގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެދާނެ ކަމަށެވެ. އެވްރެޖްކޮށް ވައިގެ ބާރު މިން މި ސަރަހައްދުގައި، މިރޭގެ ދަންވަރު އެކަކާ ހަމައަށް ހުރުން އެކަށީގެންވަނީ 30-40 މޭލުގައި ކަމަށް ވެސް މެޓުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.