މޫސުން ގޯސްވެ، އުރީދޫ ކަލަ ރަން ފަސްކޮށްފި

ދުވުމުގެ ތެރޭގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް، ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ، “ކަލަ ރަން” މޫސުން ގޯސްވުމުގެ ސަބަބުން އުރީދޫން ފަސްކޮށްފި އެވެ.

“ޔުނިކްސް ސްޕޯޓްސް” އާއި އެކު ކުރިއަށްގެންދާ ކަލަ ރަން ބާއްވާން ކުރިން ހަމަޖެހިފައިވަނީ މާދަމާ ހުޅުމާލޭގައި އެވެ.

އުރީދޫން ބުނީ، ތޫފާން އޮކީގެ ސަބަބުން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާ ކަމަށާއި މާދަމާ މޫސުން ރަނގަޅުވާނެ ކަމަށް ކުރިން ރިޕޯޓް ތަކުގައި ދެއްކި ކަމަށެވެ. ނަމަވެސް މިއަދު ހެނދުނުއްސުރެ ތޫފާނުގެ ބާރުގަދަވެ ކުރިޔަށް ހުރި ދުވަސްތަކުގައި ވެސް މި ސަރަހައްދު މޫސުން ގޯސްވާނެ ކަމަށް ފެންނާތީ ކަލަ ރަން ލަސްކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، ކަލަ ރަންގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ދުވަން ހުޅުމާލެ އަށް ދަތުރު ކުރަން ޖެހޭ ކަމަށާއި ދަތުރު ކުރުމުގައި ނުރައްކާތެރި ހާލަތެއް ދިވާވުމުގެ ފުރުސަތު ކުޑަ ކުރުމަށް ދުވުން މިހާރު ވަނީ އެހެން ތާރީހަކަށް ބަދަލު ކޮށްފައި ކަމަށެވެ. އަދި މި ދުވަސްވަރަކީ ރާއްޖޭގައި މިފަދަ ދުވުމެއް ބާއްވަން އެހާ ރަނގަޅު ވަގުތެއް ނޫން ކަމަށާއި ބާއްވާނެ މުއްދަތެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ކަލަ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ.

މި ދުވުމުގައި ހަތް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، އެއްވެސް ފީ އަކާ ނުލާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހަމަ އެހެންމެ، ކަލަރ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތަށް ހިމެނޭ ކިޓެއް ވެސް ގަންނަން ލިބޭނެ އެވެ. މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން www.ooredoo.mv/ColorRun މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކުރެވޭނެ އެވެ.

ކޮންމެ އަހަރަކު ވެސް، އެ އަހަރެއްގެ އުރީދޫ ކަލަ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.