އެއެލްސީ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންތަކެއް ކްލާހުގައި. މައި ކޮލެޖުން އޭދަފުށީގަިއ ކުޑަކުދިންނަށް ހާއްސަ އިނގިރޭސި ޕްރޮގްރާމެއް ފަށްނ ދަނީ ތައްޔާރުވަމުން | އީޓީ ފައިލް ފޮޓޯ

މާލޭ ލޭންގްއޭޖް ލާނިން ސެންޓަރު (އެލްއެލްސީ) އިން އަންނަ އަހަރު އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ އިނގެރޭސި ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު މިމަހު 15ގެ ނިޔަލަށް ހަމަވާނެ ކަމަށް ބުނެފި އެވެ.

އެ ކޯސްތައް ހިންގާ އެލްއެލްސީން ބުނީ، ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާއިރު ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
އެލްއެލްސީ އަކީ ހުރިހާ އުމުރެއްގެ ދަރިވަރުންނަށް އިނގެރޭސި ބަސް އިންޓަނޭޝަނަލް ފެންވަރުގައި ކިޔަވައިދޭ ސެންޓަރެކެވެ. އެ ސެންޓަރުން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވަނީ ރާއްޖޭއިން ބޭރުގެ މުދައްރިސުންނެވެ.

އެލްއެލްސީން އަންނަ އަހަރު އޭދަފުށީގައި ހިންގާ ކޯސްތައް:

ޕްރީ ސްކޫލް (ނާސަރީ/އެލްކޭޖީ/ޔޫކޭޖީ)
މި ޕްރޮގްރާމުތަކުން ދަރިވަރުންނަށް ޕްރައިމަރީއަށްދާއިރު ރަނގަޅަށް އިނގިރޭސި ބަހުން ކިޔަން ދަސްވެ އަދި ލިޔަން ދަސްވެ، އެ ކުއްޖެއްގެ އުމުރުފުރާއިން އިނގިރޭސިބަހުން މުއާމަލާތްކުރަން އެނގި، އިނގިރޭސި ބަސް ބޭނުންކޮށްގެން ކުދި ކުދި ޖުމްލަތައް ހެދުމާއި އަދި މުދައްރިސުންނާއި ކުދިން ގުޅިގެން ކުދިކުދި ޖުމްލަތައް ހެދުމާއި އަދި އެކުވެރި މާހަލެއްގައި މަސައްކަތްކުރަން ދަސްވެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭ އުމުރުފުރާ އަކީ 3 އަހަރުން 5 އަހަރު.

ވައިއެލްއީ ޕްރޮގްރާމް (ސްޓާޓަސް/މޫވާސް/ފްލްޔާސް)
ވައިއެލްއީ ޕްރޮގްރާމަކީ ކޭމްބްރިޖް އިންޓަނޭޝަނަލް ޔުނިވާސިޓީން ދުނިޔޭގެ ފެންވަރުގައި ޕްރައިމަރީ ލެވެލްއަށް އުމުރުން 7 އަހަރައި 12 އަހަރާ ދެމެދުގެ ކުދިންނަށް އެކުދިންގެ އުމުރުފުރާއާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އިމްތިހާން ބެހިގެންވަނީ މައިގަނޑު ތިން ލެވެލްއަކަށެވެ. މިއިން ކޮންމެ ލެވެލްއަކުން ދަރިވަރުންނަށް އިމްތިހާން ނެގޭނެ އެވެ. އަދި މިއިން ކޮންމެ ބައެއް ފުރިހަމަ ކުރުމުން ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

ކޭމްބްރިޖް ޕްރޮގްރާމްތައް
މިކޯސްތަކުން ކުދިންނަށް ސްކޫލުތަކުގައި ކިޔަވާ ފިލާވަޅުތަކަށް މަގުފަިވެ އަދި އެކުދިންނަށް މުއާމަލާތްކުރުމުގެ ހުނަރުތައް ދަސްވެ، އެކުދންގެ ބަސްކޮށާރު މުއްސަދިވެ އަދި ހަމައެހެންމެ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލާއިރު، ވަޒީފާގެ ފުރުސަތުތައް މި ކުދިންނަށް ބޮޑުވެގެންދެ އެވެ. މި ކޯހުގައި ބައިވެރިވެވޭނީ ގްރޭޑް 7-12 ގެ ދަރިވަރުންނަށެވެ.

އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު، ފަށާ މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ ކޯސްތަކުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އޭދަފުށީ ނިއަމި ޓްރޭޑުން ލިބޭނެ އެވެ. މި ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު 7793188 ނުވަތަ 7903188 އަށް ގުޅައިގެން ހޯދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.