މައިކޮލެޖު އޭދަފުށީ ކެމްޕަހުގައި ހިންގި ކޯސްތައް ފުރިހަމަކުރި 30 ދަރިވަރުން ގްރެޖުއޭޓްވެއްޖެ އެވެ.
ރޭ ބޭއްވި މައި ކޮލެޖުގެ ކޮންވޮކޭޝަންގައި އެކޮލެޖުން މާލެއާއި އަތޮޅު ތެރޭގެ ކެމްޕަސްތަކުގައި ހިންގި ކޯސްތަކުން ގްރެޖުއޭޓްވި 988 ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މީގެ ތެރެއިން 30 ދަރިވަރުންނަކީ މައި ކޮލެޖުގެ އޭދަފުށީ ކެމްޕަހުން ޕޯސްޓް ގްރެޖުއޭޓް އިން ޓީޗިން އަދި ޑިޕްލޮމާއިން ހިއުމަން ރިސޯސް މެނޭޖްމަންޓް ޕްރޮގްރާމް ނިންމި ދަރިވަރުންނެވެ.
މައި ކޮލެޖުގެ ބްރާންޗެއް އޭދަފުށީގައި ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އެވެ. އެ ކޮލެޖުން އޭދަފުށީގައި އަންނަނީ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތައް މިހާރުވެސް ހިންގަމުންނެވެ. އެ ކޯސްތަކުގައިވެސް 70 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.
މައިކޮލެޖު އޭދަފުށީ ކެމްޕަހުން ގްރެޖުއޭޓްވި ހުރިހާ ދަރިވަރުންނަށްވެސް “އީޓީ”ން ހޫނު މަރުހަބާ ކިޔަމެވެ.