މާލޭގައި މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިސަންގެ ފައިނަލަށް އޭދަފުށީގެ އުއްމީދީ ކުޅުންތެރިޔާ ހުސައިން މުހައްމަދު ދަތުރުކޮށްފި އެވެ.
ހުސައިން ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލު މެޗް ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިއީ ހުސައިން ދެވަނަ ޑިވިސަނުގެ ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ.
ހުސައިން ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން ފިރިހެން ސިންގްލަސް އިވެންޓު ކާމިޔާބު ކޮށްފަ އެވެ.
މި މުބާރާތުގެ އަތޮޅު ލީގު އޯޕަން އިވެންޓްގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް ބައިން މުހައްމަދު އިކްރާމު ވެސް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ މިއަދު ހަވީރު އެވެ.