ޔޫތު އެކްސްޗޭންޖު ޕްރޮގްރާމުގައި ބައިވެރިވުމަށް ތައުލީމީ މަރުކަޒުގެ ދަރިވަރަކު ޖަޕާނަށް

ޖަޕާން ސަރުކާރާއި ސާކް ސެކްރެޓޭރިއޭޓް ގުޅިގެން ސާކްގެ ގައުމުތަކުގެ ސާނަވީ ދަރިވަރުންގެ މެދުގައި ބާއްވާ ކިޔުޒާ ބޮންޑް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމުގައި ބައިވެރިވުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު އިއްޔެ ޖަޕާނަށް ފުރައިފި އެވެ.

މިމަހުގެ 2-14 އަށް ޖަޕާނުގައި ބާއްވާ މި ޕްރޮގްރާމުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވަނީ އެ މަރުކަޒުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލުކުރަމުންދާ ބ. އޭދަފުށީ، ފިނިފެންމާގޭ އަލީ ޔާމީން އެވެ.

މި ޕްރޮޖެކްޓް އަމާޒުކޮށްފައިވަނީ ޖަޕާނާއި ސާކް ގައުމުތަކުގެ މެދުގައި މީހުން ބަދަލުކުރުމަށް ބާރުއަޅާ ގެއްލުން ލިބިފައިވާ ސަރަހައްދު އަލުން ބިނާކޮށް އުމްރާނީ ތަރައްގީއަށް އެހީވެދިނުމަށެވެ.

ކިޔުޒާ ބޮންޑް ޕްރޮޖެކްޓަކީ ސާކް ގައުމުތަކާއި ޖަޕާނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ޖަޕާނާއި ސާކް ގައުމުތަށް ގުޅިގެން ހިނގާ ޔޫތް އެކްސްޗޭންޖް ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްވަނީ މާޗް 2011ގައި ޖަޕާނުގެ އިރުމައްޗަށް އައި ވަރުގަދަ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށް އެކި ގޮތްގޮތުން އަދަދުނުކުރެވޭފަދަ އެހީއާއި ހިތްވަރު ޖަޕާނަށް ފޯރުކޮށްދީފައެވެ. މިގޮތުން ގެއްލުން ލިބުނު ސަރަހައްދަށް ގިނަ އަދަދެއްގެ މީހުންވަނި ޒިޔާރަތްކޮށްފައެވެ.

އެޑިޔުކޭޝަނުން ބުނީ މި ޕްރޮގްރާމުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން މާލެއާއި ރާއްޖޭގެ ބޮޑެތި ސްކޫލުންތަކުން ދަރިވަރުން ބައިވެރިވާ ކަމަށެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް މި ޕްރޮގްރާމުގައި ވ. ތައުލީމު މަރުކަޒުގެ ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.