ބ. އަތޮޅުގެ ދެ ރަށެއްގައި ވެދަ ސްޓޭޝަން ގާއިމު ކުރަނީ

ބ. ތުޅާދޫ އާއި ގޮއިދޫ ހިމެނޭގޮތަށް ރާއްޖޭގެ އިތުރު 25 ރަށެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ގާއިމުކުރުމަށް ސަރުކާރުން އިޓަލީ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ވެދަރ ސްޓޭޝަންތައް ހަރުކުރުމަށް އިޓަލީގެ ސީއޭއީ ކކުންފުންޏާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރޮމެންޓް މިނިސްޓަރު ތާރރިގް އިބްރާހިމް ވިދާޅުވީ މިސްޓޭޝަންތައް ހަރުކުރެވުމުން މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މި މަސައްކަތް ނިމުމުން ހުރިހާ ސްޓޭޝަނެއްވެސް ހުންނާނީ އިންޓަނެޓް މެދުވެރިކޮށް ގުޅާލެވިފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މިމަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މުޅި ރާއްޖެ ހިމެނޭ މޫސުމީ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިޕްރޮޖެކްޓުގެ ދަށުން ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
.
މިއަދުގެ އެއްބަސްވުމުގެ ދަށުން ހ.އ ހޯރަފުށި، ހ.އ ކެލާ، ހ.ދ ކުޅުދުއްފުށި، ށ. ކަނޑިތީމު، ށ. ފުނަދޫ، ނ. މާފަރު، ފ. މަޑުއްވަރީ، ޅ. އޮޅުވެލިފުށި، ބ. ތުޅާދޫ، ބބ. ގޮއިދޫ، ކ. ގާފަރު، ކ. ދިއްފުށި، ކ. ގުރައިދޫ، އއ. ތޮއްޑޫ، އއ. ހިމަންދޫ، ވ. ރަކީދޫ، ފ. ނިލަންދޫ، މ. މުލި، ދ. ކުޑަހުވަދޫ، ތ. ބުރުނީ، ލ. މާވައް، ގ.އ ކޮލަމާފުށި، ގ.އ ގެމަނަފުށި، ގދ. ތިނަދޫ އަދި ގދ. ފަރެސްމާތޮޑާގައި އޮޓެމެޓިކް ވެދާ ސްޓޭޝަން ހަރުކުރެވޭނެއެވެ.

މީގެ އިތުރުން 19 ރަށެއްގައި މިމަސައްކަތް މިހާރުވެސް ފަށާފައިވާއިރު 11 ރަށެއްގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.