ބެޑްމިންޓަން ސިންގަލްސް ޗެމްޕިއަންކަން ހުސައިން ދިފާއުކޮށްފި

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ހުސައިން ޓްރޮފީތަކާއެކު

މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން އޭދަފުށީގެ ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން މުހައްމަދު ދިފާއުކޮށްފި އެވެ.

ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު ދެވަނަ ޑިވިޝަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން ހޯދީ ފައިނަލުގައި އަތޮޅު ލީހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަކަން ހޯދި އިބްރާހިމް ނަޝީދު ބަލިކުރުމަށް ފަހު އެވެ. ނަޝީދުގެ މައްޗަށް ހުސައިން ކުރިހޯދީ ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.

މުބާރާތުގެ އަތޮޅު ލީހުގެ ފިރިހުން ސިންގަލްސް ޗެމްޕިއަންކަން ނަޝީދު ހޯދީ ފައިނަލުގައި އޭދަފުށީގެ މުހައްމަދު އިކްރާމު ބަލިކުރުމަށްފަހު އެވެ. ނަމަވެސް އަތޮޅު ލީގުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިކްރާމުގެ ޕެއާއިން އެވެ.

މި މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަންކަން ހޯދީ ޒަޔާން ޒަކީ އަދި އަންހެން ޗެމްޕިއަންކަން އައިމިނަތު ނަބީހާ އެވެ.

އޭދަފުށި ބީޑީސީ ޗެމްޕިއަން ޓްރޮފީއާއެކު

އަތޮޅު ލީގުގެ ފިރިހެން ބައިން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމިޓީ އެވެ. މިއީ އޭދަފުށީ ބީޑީސީން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.