އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ބަހަން “މުސްހަފް މާލްދީފް” ހަވާލުކޮށްފި

އޭދަފުށީ ދާއިރާގެ ރައްޔިޔުންނަށް :މުސްހަފް މާޅްދީފް” ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ޗާޕްކޮށްފައިވާ “މުސްހަފް މާލްދީފް” ބ. އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ބަހަން ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި އެ މުސްހަފް ތައް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. އެ ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭދަފުށީ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނަށް ބެހުމަށް މިއަދު 3500 އަށްވުރެ ގިނަ މުޝްހަފް ވަނީ ހަވާލުކޮށްފަ އެވެ.

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް މުސްހަފުގެ ކޮޕީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

މުސްހަފުގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް ވަނީ އެކުލަވާލައިފަ އެވެ. ރާއްޖޭގެ ބައެއް އާސާރީ މިސްކިތްތަކާއި ކުރެހުންތައް ހިމަނައިގެން ތައްޔާރުކުރި މުސްހަފްގެ މި މަޝްރޫއަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން ފެށި މަސައްކަތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭ ސަރަހައްދާއި އަތޮޅުތެރޭ ދިރިއުޅޭ އުމުރުން 15-40 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުޞޫލުތަކުގެ ދަށުން މުސްހަފް ފޯރުކޮށްދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.