ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޭދަފުށީގައި ހަދާ އާ ފާމަސީގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެސްޓީއޯ އޭދަފުށީ ފާމަސީ މިހާރު ހިންގަމުން ގެންދަނީ ބ. އަތޮޅު ހޮސްޕިޓަލު އެތެރޭގަ އެވެ. އާ ފާމަސީ ހަދަނީ ހޮސްޕިޓަލުގެ ގޯތި ތެރޭގައި އޯކިޑްމަގަށް ކުރިމަތިވާ ގޮތަށެވެ.
އެ ތަނުގައި އާ އިމާރާތް އަޅަން ހަވާލުކުރީ އޭދަފުށީގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ އާރު ޓެން ކުންފުންޏާ އެވެ. އެ މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 45 ދުވަހުގެ ތެރޭގަ އެވެ.
އެސްޓީއޯއިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ބޭސްފިހާރައެއް ގާއިމްކޮށްފަ އެވެ. އެ ތަންތަނުން އާސަންދައިގެ ދަށުން ބޭސް ލިބެ އެވެ.