އާ މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓަރާ މަޝްވަރާކުރައްވައިފި

އޭދަފުށީ ކައުންސިލުން އިއްޔެ އިސްލާމިކް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. އެ ބައްދަލުވުމުގައި ރަށުގައި އާ މިސްކިތެއް އަޅަން ވަނީ މަޝްވަރާކޮށްފައި. ފޮޓޯ/ކައުންސިލް

އޭދަފުށީ މިސްކިތްތައް ތަރައްގީކޮށް، އާ މިސްކިތެއް އެޅުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުއާ އޭދަފުށީ ކައުންސިލުން މަޝްވަރާކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ މެންދުރު އޮތް އެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް އާއި ރަށު ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމަށް ފަހު، “އީޓީ” އާ ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އަންނަ އަހަރު ރަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތަކާ ގުޅޭ ގޮތުންނާއި މިސްކިތްތައް ތަރައްގީކޮށް ރަށުގައި އާ މިސްކިތެއް އެޅުމާ ގުޅޭގޮތުން ކަމަށެވެ.

އެ ބައްދަލުކުރެއްވުމަށްފަހު އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ބެހުމަށް އިސްލާމިކު މިނިސްޓްރީން ވަނީ މުސްހަފް މާލްދީފް ހަދިޔާކޮށްފަ އެވެ.

ތޮލާލު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އިތުރުން އިއްޔެ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

“އެ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކުރެވުނީ ކައުންސިލް އިދާރާ އިތުރަށް ހަރުދަނާ ކުރުމަށާއި ކައުންސިލަރުންނާއި މުވައްޒަފުން އިތުރަށް ތަމްރީން ކުރުމާ ގުޅޭ ގޮތުން،” ތޮލާލު ވިދާޅުވި އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލު ހިންގުމުގައި ދިމާވާ މައްސަލަތައް އެލްޖީއޭ އާ ހިއްސާކޮށް އެކަންކަން ރަނގަޅު ކުރުމަށް އެ އޮތޯރިޓީގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށްވެސް ތޮލާލު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.