ބ. އަތޮޅު ކައުންސިލުން ޕާސްޕޯޓް އެޕްލިކޭޝަން ހުށަހެޅޭ ގޮތް ހަދަނީ

ބ. އަތޮޅު ކައުންސިލު މެދުވެރިކޮށް ޕާސްޕޯޓް އެޕްލިކޭޝަން ފޯމް ހުށައެޅޭ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަންއާ އެކު އަތޮޅު ކައުންސިލުން މިއަދު އެއްބަސްވުމެއްގައި ސޮއިކުރަނީ. ފޮޓޯ/އަތޮޅު ކައުންސިލް

ބ. އަތޮޅު ކައުންސިލު މެދުވެރިކޮށް ޕާސްޕޯޓް އެޕްލިކޭޝަން ފޯމް ހުށައެޅޭ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިމިގްރޭޝަން ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޒިންމާދާރުވެރިޔާ ހާމިދު ފަތުހުﷲ އެވެ. އެވެ. އަދި ބ. އަތޮޅު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ދަށުން ޕާސްޕޯޓް އަލަށް ހަދަން ބޭނުންވާ ފަރާތްތަކާއި، މުއްދަތު ހަމަވެގެން ޕާސްޕޯޓް އާ ކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކައުންސިލު އިދާރާ މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް ޕާސްޕޯޓް ދޫކުރާނީ އިމިގްރޭޝަނުންނެވެ.

އަތޮޅު ކައުންސިލު އިދާރާ މެދުވެރިކޮށް ޕާސްޕޯޓް ފޯމް ހުށަހެޅޭ ގޮތަށް މިއަދު އެއްބަސްވުމުގައި ސޮއިކުރިއިރު، މިހާތަނަށް މި ހިދުމަތް މިއަތޮޅުގައި ދެމުން ގެންދިޔައީ އޭދަފުށީ ޕޯސްޓްއޮފީސް މެދުވެރިކޮށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.