ޗޭންޖިން ރޫމު އެޅުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

މިނިވަން 50 ފުޓުބޯޅަ މުބާރާތް ބޭއްވުމަށްޓަކައި އޭފަފުށީ ޒުވާނުންގެ ޖަމިއްޔާގެ ގޯތި ތެރޭގައި ހެދި ޗޭންޖިން ރޫމް އެޅުމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭދަފުށި ކައުންސިލުން 2015 ވަނަ އަހަރު އިމާރާތްކުރި ޗޭންޖިން ރޫމް ހަދާފައިވަނީ ގަވައިދާ ޚިލާފަށްކަމަށް ބުނެ، އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށައެޅި މައްސަލަ ބެއްލެވުމަށްފަހު، އެ ކޮމިޝަނުން ނިންމި ނިންމުމުގައި ވަނީ އެއްލައްކަ ރުފިޔާ ކައުންސިލްގެ އާމްދަނީގެ ތެރެއިން ޚަރަދުކުރުމަށް ކައުންސިލުގެ އާއްމު ޖަލްސާއިން ނިންމާފައިވީ ނަމަވެސް ޗޭންޖިން ރޫމް އެޅުމުގެ މަސައްކަތަށް ޖުމްލަ 158846.60 ރުފިޔާ ޚަރަދުވެފައިވާ ކަމަށް ލިޔުންތަކުން ދައްކާ ކަމަށެވެ.

ނަމަވެސް މަސައްކަތަށް ބޭނުންވާ ތަކެތި ގަނެފައިވަނީ ކައުންސިލްގެ އިދާރާއިން ކަމަށާއި، މަސައްކަތްތައް ކުރުވުމުގައި އާންމު ގޮތެއްގައި މަދުވެގެން ތިން ފަރާތުން އަގު ހޯދައި މަސައްކަތު އެއްބަސްވުން ހަދާފައިވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް އޭސީސީން ނިންމި ނިންމުމުގައިވެ އެވެ.

މީގެ އިތުރުން ނުކުރާ މަސައްކަތަކަށް ނުވަތަ ނުގަންނަ އެއްޗަކަށް ބިލް ކޮށްފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށާއި އަދި މި މަސައްކަތް ކުރުވުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ލިބޭގޮތަށް އެއްވެސް ކަމެއް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިނުވާ ކަމަށްވެސް އެ ނިންމުމުގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.