އިންޑިއާގެ ސަފީރާ އަތޮޅު ކައުންސިލުގެ ރައީސް ބައްދަލުކުރައްވައިފި

ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް، އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ އިއްޔެ ބައްދަލުކުރައްވަނީ.—ފޮޓޯ: އިންޑިއަން ހައިކޮމިޝަން

ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު ބައްދަލުކުރައްވައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި، އިންޑިއަން ހައި ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެގޮތުން ތައުލީމީ އަދި ސިއްހީ ދާއިރާގެ ސްކޯލަޝިޕް ފުރުސަތުތަކާ ގުޅޭ ގޮތުންނާއި ކައުންސިލް ހިންގުން ހަރުދަނާ ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

މަބުރޫކު ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގައި އިންޑީޔާ ހައިކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ވަރަށް ޔަގީންކަމެއް ދެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބ. އަތޮޅު ކައުންސިލުން ވަނީ އިންޑިއަން ހައި ކޮމިޝަނަރު، އަކިލޭޝް މިޝްރާ ބ. އަތޮޅަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާފަ އެވެ.

“ހައިކޮމިޝަނަރުގެ ވަރަށްބޮޑު އުއްމީދެއްކަމަށް ވިދާޅުވި ބ. އަތޮޅުގެ ކުދިންނަށް ހިލޭ ކިޔެވުގެ ފުރުސަތުތަކެއް ކައިރި މުސްތަގުބަލުގައި ލިބުން. ބައްދަލުވުމުގެ ސަބަބުން ހައިކޮމިޝަނާ ދެމެދު ވަރަށް ބޮޑަށް ގުޅުން ވެސް ބަދަހިވެއްޖެ. އަދި ސަފީރު ވަރަށް އަވަހަށް ބ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި،”

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު އަފްރާހު ވެސް ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.