ހދ. ކުޅުދުއްފުށިން ފުރައިގެން ބ. ތުޅާދޫއަށް ދަތުރު ކުރި ލޯންޗެއް ފަރަށް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ސީ އެކްސްޓްރީމް ނަމަކަށްކިޔާ އެ ލޯންޗު ބ އަތޮޅު ފަރެސް ފަރަށް އެރިކަމުގެ ރިޕޯޓް ލިބުނީ ރޭ 8:00 ހާއިރު އެވެ.
ރޭ ހިނގި އެ ހާދިސާގައި ލޯންޗްގެ ބަނޑުފިލާ ފަޅައިގެންގޮސް ފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ލޯންޗުން ކުޑަކުއްޖަކާއި އެކު ހަ މީހުން ދަތުރު ކުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.