ރެކޯޑް އަދަދެއްގެ ދުވުންތެރިންނާއެކު އުރީދޫ ކަލާ ރަން ބާއްވައިފި

އުރީދޫ އިން އިއްޔެ ހުޅުމާލޭގައި ބޭއްވި “ކަލާ ރަން”. މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނޭ. — ފޮޓޯ: ނިޝާން އަލީ/ މިހާރު

ރެކޯޑް އަދަދެއްގެ ދުވުންތެރިންނާއެކު އުރީދޫ ކަލާ ރަން ވަރަށް ކާމިޔާބުކަމާއެކު ހުޅުމާލޭގައި ބާއްވައިފިއެވެ.

އުރީދޫން ބުނީ ގިނަގުނަ ކުލަތަކާއި އުފާވެރި މާޙައުލެއްގައި ހުކުރުދުވަހު ހަވީރު ބޭއްވުނު 5 ކިލޯމީޓަރުގެ މި ދުވުމުގައި ރެކޯޑް ޢަދަދަކަށް ދުވުންތެރިން ބައިވެރިވި ކަމަށެވެ

“އެކި އުމުރުފުރާތަކުގެ ނުހަނު ގިނަ ޢަދަދެއްގެ ދުވުންތެރިން އުރީދޫ ކަލަރ ރަންގައި ބައިވެރިވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދިޔަތަން ފެނުމަކީ ވަރަށް ހިތްގައިމު ވަގުތުކޮޅެއް. ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އުރީދޫ ކަލާ ރަން ރާއްޖޭގެ އިތުރު ރަށްރަށުގައި ބޭއްވިގެންދާނެކަން އަޅުގަނޑުމެން މި އިޢުލާނުކުރަނީ ވަރަށް އުފަލާއެކު.” އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވިދާޅުވިއެވެ.

އުރީދޫން ބުނި ގޮތުގައި އުރީދޫ ކަލާ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުން ވެގެންދިޔައީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނޭފަދަ މަޖާ އިވެންޓަކަށެވެ.

އުރީދޫ އިން އިއްޔެ ހުޅުމާލޭގައި ބޭއްވި “ކަލާ ރަން”. މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނޭ. — ފޮޓޯ: ނިޝާން އަލީ/ މިހާރު

އިއްޔެ އުރީދުން ބޭއްވި އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރަމުން ގެންދިޔައެވެ. އަދި ކުލަ ސްޓޭޝަންތަކުގައި ރާއްޖޭގެ މަޝްހޫރު މިޔުޒިކީ ފަންނާނުން ކަމުގައިވާ ހަބޭސް ބޮޑުބެރު، ލެވިޓޭޝަން ބައި ހަބޭސް، ހަބޭސް ފިއުޝަން، ޑީޖޭ ޑީވައިޑީ، ޑީޖޭ އާލިމް އަދި އިކުއަޓިކް ވައިބް ފަދަ ހުނަރުވެރި ފަންނާނުންގެ މިއުޒިކް ގުގުމަމުން ދިޔައެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުންނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރިއެވެ.

އުރީދޫ އިން އިއްޔެ ހުޅުމާލޭގައި ބޭއްވި “ކަލާ ރަން”. މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނޭ. — ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން ޑާންސް ކުރުމުގެ ހުނަރުތައް، ޙަރަކާތްތެރިކަން އަދި އެކުގައި ބައިވެރިވި ދުވުންތެރިންގެ ޢަދަދަށް ބަލައި މާރކްސް ދިނުމަށްފަހު އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ ވަނީ ހޮވާފައެވެ. މީގެ އިތުރުން އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ހޮވާފައިވަނީ ހެދުންއެޅުމުގެ ވައްޓަފާޅިއާއި، ކްރިއޭޓިވިޓީ އަދި ޕާރފޯމަންސަށް މާރކްސް ދިނުމަށްފަހުގައެވެ. މި މަޤާމުތައް ޙާސިލްކުރި ކޮންމެ ބައިވެރިއަކަށް އުޜީދޫ މޯލްޑިވްސްއިން 5،000 ރުފިޔާގެ ފައިސާގެ ހަދިޔާއަކާއި އައިކެއަރ އޮޕްޓިކަލްސްގެ ފަރާތުން ޚާއްޞަ ހަދިޔާއެއް ވަނީ ޙަވާލުކޮށްފައެވެ.

އުރީދޫ އިން އިއްޔެ ހުޅުމާލޭގައި ބޭއްވި “ކަލާ ރަން”. މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނޭ. — ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ކަލަރ ރަން އިއްޔެ ނިމުމާއިއެކު ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އުރީދޫން ބުނި ގޮތުގައި މިފަދަ ފޯރިގަދަ، އަދި ކުލަގަދަ ދުވުމެއް ބޭއްވުމާއި އެކުވެސް ހުޅުމާލޭގެ މަގުތަކާއި މާޙައުލު ސާފުކޮށް ބޭއްވުމަކީ އުރީދޫއިން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމެވެ.

އުރީދޫ ކަލާ ރަން ބޭއްވީ ޔުނިކްސް ސްޕޯޓިންގެ ބައިވެރިވުމާއެކު، ޓްރެއިން ވިތް ކައި، އައިރަނާސް، އައިކެއާ އޮޕްޓިކަލްސް އަދި 100 ޕްލަސްގެ އެހީތެރިކަމާ އެއްބާރުލުމާއެކު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.