އެމްއެންޔޫގެ ގޮއްޕެއް ގާއިމުކުރަން މަޝްވަރާކޮށްފި

ކައުންސިލުގެ ރައީސް އަދި މެންއބަރުޔ ސަލީމު، ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފް އާއެކު ބައްދަލު ކުރައްވަނީ. ފޮޓޯ/އޭދަފުށީ ކައުންސިލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގޮތްޕެއް ބ. އޭދަފުށީގައި ގާއިމުކުރުމާގުޅޭ ގޮތުން ރަށު ކައުންސިލުން، ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފް އާއެކު މަޝްވަރާ ކުރައްވައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް އާއެކު ގައުމީ ޔުނިވަސިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރަށު ކައުންސިލާ ގުޅިގެން އެ ޔުނިވާސިޓީގެ ގޮތްޕެއް އޭދަފުށީގައި ގާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.

“އެ ބައްދަލުވުމުގައި އޭދަފުށީގައި އެމްއެންޠޫގެ ގޮތްޕެއް ގާއިމުކުރަން ކައުންސިލުންވާނީ ޝައުގުވެރިކން ފާޅުކޮށްފައި، އެގޮތުން އެކަމަށް ކައުންސިލުގެ ޝައުގުވެރިކަން ހުރި ވާހަކަ ޗާންސެލަރާ ހިއްސާކުރެވުނު،” ތޮލާލު ވިދާޅުވި އެވެ.

“މި ބައްދަލުވުމުގައި ޔުނިވަސިޓީން ސުވާލު އުފެއްދި މިހާ ދުވަސްވީއިރު މިކަމަށް މަސައްކަތް ކޮށްފައި ނުވާތީ. އަދި އެބޭފުޅުންގެ ކަންބޮޑުވުން ވެސް ފާޅުކުރި މިކަހަލަ ހުށަހެޅުމެއް އައިސްފައި ނުވާތީ ވެސް،”

ތޮލާލު ވިދާޅުވީ އަންނަ އަހަރު އެމްއެންޔޫގެ ގޮތްޕެއް އޭދަފުށީގައި ގާއިމުކުރެވޭކަމަށް އުއްމީދު ކުރާ ކަމަށެވެ.

ގައުމީ ޔުނިވަސިޓީގެ ގޮތްޕެއް މިރަށުގައި ގާއިމުކުރުމަށް ކައުންސިލުން ޔުނިވާސިޓީއާއެކު ބައްދަލުކުރިއިރު، ޓީޗަރުންނަށް ހާއްސަކޮށްގެން އެ ޔުނިވާސިޓީގެ ޑިގްރީ ކޯސްތަކެއް (ބްލޮކް މޯޑަށް) މިހާރުވެސް އޭދަފުށީގައި ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.