މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގަދަ ހަ އެއްގައި ސެންޓޭ އާއި ހަމްޒާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް މިއަހަރު ވާދަކުރާ ގަދަ ހަ ކުޅުންތެރިންގެ ތެރޭގައި އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕް) ހިމެނިއްޖެއެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ގަދަ ހަ އެއްގައި ހިމެނުނީ މާޒިޔާގެ މުހައްމަދު އުމެއިރު އާއި ޓީސީ ސްޕޯޓްސްގެ އިބްރާހިމް މަހުދީ ހުސެއިން ނާއިޒު ހަސްންގެ އިތުރުން އަނިޔާއިން އެނބުރި އައިސް މި ސީޒަނުގައި ނިއު އާ ގުޅުނު އަލީ އަޝްފާގު (ދަނގަޑޭ) އެވެ.

މި އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ވާދަ ކުރާ ކުޅުންތެރިން

އަލީ ފާސިރު (ސެންޓޭ) ވަނީ މި ސީޒަނުގައި މިހާތަނަށް 23 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ނިއު ރޭޑިއަންޓުން މި ސީޒަނުގައި ހޯދާފައިވާ ކާމިޔާބީތަކުގައި ސެންޓޭގެ ހިއްސާ ބޮޑެވެ. މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އިން ބުނިގޮތުގައި މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއު ރޭޑިއަންޓް ގައި މޮޅު ކުޅުމެއް ދައްކާފައިވާ ހަމްޒާ މުހައްމަދު (ހަމްޕު) އަކީ މުސްތަގްބަލް އުޖާލާ ކުޅުންތެރިއެކެވެ. ގައުމީ ޓީމާއި ކްލަބްގައި މި އަހަރު އޭނާ ދައްކާފައިވާ މޮޅު ކުޅުމާއި ލަނޑު ތަކަކަކީ މި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަ ކުރާ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭ އެއް ސަބަބެވެ. ނިއު ރޭޑިއަންޓުން ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕް ކާމިޔާބު ކުރުމުގައި ހަމްޕު ގެ ހިއްސާ ބޮޑެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އިން ބުނިީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޝޯޓް ލިސްޓު ކޮށްފައިވާ މި ހަ ކުޅުންތެރިންގެ ތެރެއިން މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗު ހޮވުމަށްޓަކައި ވޯޓު ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކޯޗުންނާއި ފުރަތަމަ ޑިވިޝަނުގެ ކެޕްޓަނުން އަދި ކުޅިވަރުގެ ނޫސްވެރިން ކަމަށެވެ.

އެވޯޑު ދިނުމުގެ ހަފްލާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.