ހުއްދަ ނެތި ބޭރުގެ ޑިޕްލޮމޭޓުންނާ ކައުންސިލުތަކުން ބައްދަލުކުރުން މަނާކޮށްފި

ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް، އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވަނީ. އެފަދަ ބައްދަލުވުންތައް ބޭއްވުން މިހާރުވަނީ މަނާކޮށްފައި

ހާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު މަނާކޮށްފި އެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ފަދަ ފަރާތްތަކާ ކައުންސިލްތަކުން ބައްދަލުކޮށް، މުއާމަލާތު ކުރާ ނަމަ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަށް ބުރޫއަރާނެ ކަމަށެވެ. އަދި ރާއްޖޭން ތަސްދީގު ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫއެރުން އެކަށީގެންވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

އަދި އެއްވެސް ހާލަތެއްގައި ލޯކަލް ކައުންސިލްތަކުން ބޭރުގެ އެކި ދައުލަތްތަކާއި ޖަމާއަތްތައް ނުވަތަ އެ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާ މުއާމަލާތުކޮށް ބައްދަލުކުރަން ވާނީ އެލްޖީއޭ އަށް ލިޔުމުން ހުށަހެޅުމަށް ފަހު، އެ އޮތޯރިޓީން ހޯމް މިނިސްޓްރީން ހުށަހެޅުމަށް ފަހު އެތަނުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްވެސް އެލްޖީއޭގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

“މި އުސޫލާ ހިލާފަށް އަމަލު ކުރާ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފައި،” .

އެލްޖީއޭ އިން ކުއްލި ގޮތަކަށް މިކަން މަނާކޮށް މި ފަދަ އުސޫލެއް ނެރުނު އިރު، މިދިޔަ ހަފްތާ ބ. އަތޮޅު ކައުންސިލުން ވަނީ ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާ އާ ބައްދަލުކުރައްވައިފަ އެވެ. އަދި މިޝްރާ ވަނީ ގއ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ބައެއް ކައުންސިލަރުންނާ ވެސް ބައްދަލު ކުރެއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.