ދުނިޔޭގެ އެންމެ ހިތްގައިމު މޫދު އަޑީގެ ރެސްޓޯރަންޓް އެވޯޑް އަނަންތަރާ އަށް

އަނަންތަރާ ކިހާވަށް ރިސޯޓްގެ މޫދު އަޑީގެ ރެސްޓޯރަންޓް: އެންމެ ހިތްގައިމު މޫދު އަޑީގެ ރެސްޓޯރަންޓް އެވޯޑް ހާސިލްކުރީ އެ ރިސޯޓުން.–

ވޯލްޑް ޓްރެވަލްސް އެވޯޑުގެ ދުނިޔޭގެ އެންމެ ހިތްގައިމު މޫދު އަޑީގެ ރެސްޓޯރަންޓް އެވޯޑު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓަށް މިއަހަރުވެސް ލިބިއްޖެ އެވެ. މިއީ އެ ރިސޯޓަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.

މައިނާ ގްރޫޕުން ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސްއަށް މި އެވޯޑު ލިބިފައިވަނީ ވިއެޓްނާމްގެ ޖޭޑަބްލިއު މެރިއޮޓް ހޮޓެލްގައި އާދީއްތަ ދުވަހު ބޭއްވި ވޯލްޑް ޓްރެވަލްއެވޯޑް ދިނުމުގެ ހަފްލާގަ އެވެ

ރާއްޖެއަށް ލިބުނު ބައެއް އެހެން އެވޯޑްތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓަކަށް ލިބޭ އެވޯޑު މިއަހަރުވެސް ރާއްޖޭގެ ބަރޮސް އައިލެންޑް ރިސޯޓަށް ލިބިފައިވާއިރު ދުނިޔޭގެ އެއްވަނަ ވޯޓަވިލާ ރިސޯޓުގެ އެވޯޑު ލިބިފައިވަނީ ސަން އަކުއާ ވިލްރީފް ރިސޯޓަށެވެ. ދުނިޔޭގެ އެންމެ މަގުބޫލް ޑައިވް ޑެސްޓިނޭޝަންގެ އެވޯޑް ލިބުނީ ކޮންސްޓެންސް މޫފުށި ރިސޯޓަށެވެ. އަދި ދުނިޔޭގެ އެއްވަނަ އެއަރޕޯޓް ހޮޓަލުގެ އެވޯޑު ލިބިފައިވަނީ ހުޅެލޭ އައިލެންޑް ހޮޓަލަށެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު އެވޯޑުތަކާ ހަވާލުވެފައިވަނީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އާއި ރިސޯޓުތަކުގެ ބައެއް ވެރިންނެވެ.

މީގެ 23 އަހަރު ކުރިން ދޭން ފެށި ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ދުނިޔޭގެ އެކި ސަރަހައްދުތައް ވަކިނން ހަފުލާތައް ބޭއްވުމަށް ފަހު، ކޮންމެ ސަރަހައްދަކުން ވެސް ހޮވޭ ފަރާތްތައް ޝޯޓްލިސްޓުކޮށްގެން، ދުނިޔޭގެ ފެންވަރުގައި ވޯޓަކަށް ހުޅުވާލައިގެންނެވެ.

ރާއްޖެއަށް މިދިޔަ އަހަރު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގައި ވެސް ގިނަ ވަނަ ތަކެއް ލިބިފައިވެ އެވެ. ކޮންމެ އަހަރަކު ވެސް ރާއްޖެ އިން ފަހުރުވެރި ވަނަތަކެއް ހޯދަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.