އަމިއްލަ ފަރާތަކުން ތައުލީމީ މަރުކަޒަށް އެއްލައްކަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

އަމިއްލަ ފަރާތަކުން މިއަދު ތައުލީމީ މަރުކަޒަށް ހަދިޔާކުރި ތަކެތި.

އަމިއްލަ ފަރާތަކުން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ފަސް ކޮމްޕިއުޓާ ސިސްޓަމާއި 4 ޓީވީ ހަދިޔާކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރު އަހްމަދު އަލީ މިއަދު ވިދާޅުވީ މިއީ ރަށުގެ ތައުލީމު ކުރިއެރުވުމުގެ ގޮތުން ސްކޫލް ޑިޖިޓަލު ކުރުމުގެ މަޝްރޫއަށް އެހީތެރިވެދިނުމުގެ ގޮތުން އޭދަފުށީގެ އަމިއްލަ ފަރާތަކުން ހަދިޔާ ކުރި ތަކެތި ކަމަށެވެ.

“މިއަދު މި ލިބުނީ 55 އިންޗީގެ 4 ޓީވީ އާއި 5 ކޮމްޕިއުޓާ ސިސްޓަމް. މިއީ އެއްލައްކަ ރުފިޔާގެ އަގުހުރި ސާމާނު، ކުރިއަށްއޮތް ތަނުގައިވެސް ރަށުގެ އަމިއްލަ ފަރާތްތަކުން މިފަދަ އެހީތައް ސްކޫލަށް ލިބޭނެ ކަމަށް އުއްމީދުކުރަން،” އަހްމަދު އަލީ ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މި ލިބުނު އެހީގެ ސަބަބުން ސްކޫލް ޑިޖިޓަލް ކުރުމުގެ މަޝްރޫއުއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް މިތަކެތި އަލަށް އިމާރާތްކުރި ކްލާސްރޫމުތަކުގައި އިންސްޓޯލު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އަހްމަދު އަލީ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.