އުރީދޫއިން ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފި، ހިލޭ ބޭނުންކުރެވޭނެ

އުރީދޫއިން މަޤްބޫލް މިޔުޒިކް ސްޓްރީމިންގ އެޕް ލަވަފޮށި އާއި ގުޅިގެން ލަވަފޮށި ޕްރިމިއަމް މިރޭ ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ މި ޕާރޓްނާޝިޕާއެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބި، ދިވެހި މިއުޒިކީ ދިގު ތާރީޚުގެ ގިނަ ލަވަ އަޑު އަހާ، އެ ލަވަތައް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސްޓްރީމިންގ މިއުޒިކް ޚިދުމަތްކަމުގައިވާ ލަވަފޮށި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ. އެގޮތުން ދިހަ ހާހަށްވުރެ ގިނަ ދިވެހި ލަވައާއި އެކު “ލަވަފޮށި ޕްރިމިއަމް” ގެ ޚިދުމަތް ސަބްސްކްރައިބް ކުރައްވައިގެން ބޭނުންކުރުމުގެ ފުރުޞަތު ހުރިހާ އެންމެންނަށް ލިބިގެންދާއިރު އުރީދޫގެ ކަސްޓަމަރުންނަށް “ލަވަފޮށި ޕްރިމިއަމް” އިތުރު އެއްވެސް އަގަކާނުލާ އުރީދޫ 4G+ ނެޓްވޯކުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުރީދުން ބުންޏެވެ.

“އެހާރާއި މިހާރުގެ ދިވެހި ލަވައާއި މިއުޒިކް ހައި ކޮލިޓީގައި، މޮބައިލް ފޯނުން އަޑު އަހާލުމުގެ ހިތްހަމަޖެހުން “ލަވަފޮށި ޕްރިމިއަމް” އިން ލިބިގެންދާނެ. މި އެޕްގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލާ އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ،” އުރީދުން ބުންޏެވެ.

އުރީދުން ބުނި ގޮތުގައި އަދުގެ ޑިޖިޓަލް ދުނިޔޭގައި ލަވަފޮށި ވެފައިވަނީ މަޝްހޫރު، އަދި އަރަމުން އަންނަ ދިވެހި ފަންނާނުން ކުރިއަރުވާ، ޑިޖިޓަލް ކޮންޓެންޓް އުފައްދާ ޕްރޮމޯޓް ކުރުމަށް މުޙިއްމު މަގެއްކަމުގަ އެވެ.

އަދި ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކުރުމުގެ ތަޞައްވުރާއިއެކު އުރީދޫއިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ދިވެހި ފަންނާނުންގެ ހުނަރު ކުރިއެރުވުމުގައި އެހީތެރިވެދީ ބައިނަލްއަޤްވާމީ މައިދާނުގައި ފަންނުވެރިން ޕްރޮމޯޓް ކުރެވޭނޭ ގޮތްތައް އެކިއެކި ޚިދުމަތްތަކާ އެޕް މެދުވެރިކޮށް ހޯދައިދިނުމަށް ކަމަށް ވެސް އުރީދޫން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.