ބ. ދަރަވަންދޫގައި ހުންނަ މިއަތޮޅު މަދަރުސާގައި އަންނަ އަހަރު ބީޓެކް އޭލެވެލް ކިޔަވައިދޭގޮތަށް ހަމަޖެހިއްޖެ އެވެ.
ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ނާސިހު ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެ ސްކޫލަކީ ބީޓެކް އޭލެވެލްއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގަގައި ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ބީޓެކް އޭ ލެވެލް ހޮސްޕިޓާލިޓީކަމަށް ނާސިހު ވިދާޅުވި އެވެ.
ނާސިހު ވިދާޅުވި ގޮތުގައި އޭލެވެލަށް ކިޔަވަން ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަމަހު ފަހުކޮޅު ހުޅުވާލާނެއެވެ.
ބީޓެކަކީ ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި 2014 ވަނަ އަހަރު ތައާރަފްކޮށްފައިވާ ސްޓްރީމެކެވެ. އެއިން ތަފާތު ތަމްރީނުތަކާއި ވަޒީފާގެ ތަޖުރިބާ ކުރަން ފުރުސަތު ދޭނެ އެވެ.
މިއަހަރު ވަނީ ބ. ތައުލީމީ މަރުކަޒުގައި ބީޓެކް އޭލެވެލް ތައާރަފުކޮށްފަ އެވެ.