އޭދަފުށީ ބޮޑު މިސްކިތުގެ ކާޕެޓް ބަދަލުކޮށްފި

ބޮޑު މިސްކިތުގެ ކާޕެޓް ބަދަލުކޮށްފައި. ކާޕެޓް ހަދިޔާކުރީ އަމިއްލަ ކުންފުންޏަކުން

ދިހަ އަހަރަށްފަހު އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑުމިސްކިތް) ގެ ކާޕެޓް ބަދަލުކޮށްފި އެވެ.

ރަށުގެ ބައެއް ރައްޔިތުންގެ އެހީތެރިކަމާއެކު މިދިޔަ ހޮނިހިރު ދުވަހުގެރޭ ފެށި މި މަސައްކަތް ނިންމާލީ ރޭގަ އެވެ. ކާޕެޓް ހަދިޔާ ކުރީ އަމިއްލަ ކުންފުންޏެއްކަމަށްވާ މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ ކާޕެޓް ބަދަލުކުރުމުގެ މަސައްކަތުގައި ބައެއް އާއްމު ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު ކަމަށާ ރޭ އެއްކޮށް އެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ބޮޑު މިސްކިތުގެ ކާޕެޓް ބަދަލުކޮށްފައި. ކާޕެޓް ހަދިޔާކުރީ އަމިއްލަ ކުންފުންޏަކުން

“މި މަސައްކަތް މި ނިންމާލެވުނީ ބައެއް އާއްމުންގެ ވެސް ވަރަށްބޮޑު އެހީތެރިކަމަކާއެކު. އެކަމަށްޓަކައި އެ ފަރާތްތަކަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ކާޕެޓް ހަދިޔާކޮށްދިން އަމިއްލަ ކުންފުންނަށް ވެސް ކައުންސިލުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ”

1995 ވަނަ އަހަރު ހުޅުވި އޭދަފުށީ ބޮޑު މިސްކިތުގައި އެންމެ ފުރަތަމަ ކާޕެޓް އެޅި 1995 ވަނަ އަހަރުގެ ކުރީކޮޅު އެވެ. ފުރަތަމަ އެޅީ ގަދަ ފެހިކުލައިގެ ކާޕެޓެކެވެ. އެއަށް ފަހު އޭގެ ބާރަ ވަރަކަށް އަހަރު ފަހުން އެޅި ނޫ ކުލައިގެ ކާޕެޓްގެ ބަދަލުގައި މިފަހަރު އެޅި ކާޕެޓްގެ ކުލައަކީ ގަދަ ރަތްކުލަ އެވެ. މިއިން ކޮންމެ ފަހަރަކުވެސް ކާޕެޓް ބަދަލުކޮށްފައިވަނީ ހެޔޮއެދޭ އެކިފަރާތްތަކުގެ އެހީއާ އެކު އެވެ.

ތޮލާލު ވިދަޅުވީ ކުރިއަށްއޮތް ތަނުގައިވެސް ރަށުގެ އަމިއްލަ ފަރާތްތަކުންނާިއ ވިޔަފާރިވެރިންގެ ފަރާތުން މިސްކިތަށް މިފަދަ އިތުރު އެހީތައް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ބޮޑު މިސްކިތުގެ ކާޕެޓް ބަދަލުކޮށްފައި. ކާޕެޓް ހަދިޔާކުރީ އަމިއްލަ ކުންފުންޏަކުން

“މިހާރު ކައުންސިލުން މަސައްކަތް ކުރަމުން މިދަނީ މިސްކިތުގެ ގުއްބުގެ އެތެރޭގައި ހަރުކުރުމަށް ސީލިންގް ބޮޑު ފަންކާއެއް ހޯދަން ވިޔަފާރިވެރިންނާއެކު މަޝްވަރާކުރަމުން. އެކަމަށް ވެސް ބޮޑެތި ކުރިއެރުން ލިބެމުން އަންނަނީ. އިރާދުކުރެއްވިއްކާ ވަރަށް އަވަހަށް އެކަންވެސް ހަމަޖެހޭނެ ކަމަށް މިބަލަނީ،”

އަމިއްލަ ފަރާތެއްގެ އެހީއާއެކު މިދިޔަ ރޯދަމަހު ވަނީ ބޮޑު މިސްކިތް އޭސީ ވެސް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.