ދޮންފަނު އިންވިޓޭޝަން ކަޕް މިއަދު ހަވީރު ފަށަނީ

“ދޮންފަނު އިންވިޓޭޝަން ކަޕް”ގެ މިދިޔަ އަހަރުގެ ޗެމްޕިއަން ކިހާދޫ ޓީމު ތައްޓާއެކު. ފައިލް ފޮޓޯ

ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން ބާއްވަ “ދޮންފަނު އިންވިޓޭޝަން ކަޕް” ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާނެއެވެ.

މިއަދުގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކިހާދޫއާއި މުބާރާތް ބާއްވާ ދޮންފަނެވެ. މި މުބާރާތް ހާއްސަކޮށްފައިވަނީ 23 އަހަރުން ދަށުގެ އެރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ އަތޮޅުގެ ފަސް ރަށަކުންނެވެ. ޗެމްޕިއަން ކިހާދޫއާއި ދޮންފަނުގެ އިތުރުން ދެން ވާދަކުރަނީ ދަރަވަންދުއާއި ގޮއިދޫ އަދި އޭދަފުއްޓެވެ. ގޮއިދުއާއި އޭދަފުށި މި މުބާރާތުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ.

ދޮންފަނު ޒުވާނުންގެ ރޫހުން ބުނީ މިއަހަރުގެ މުބާރާތަށް އެ ޖަމިއްޔާއިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ.

މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާގޮތަށެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީއަށް ދާނެއެވެ. ފުރަތަމަ ސެމީގައި އެއްވަނަ ޓީމާއި ހަތަރު ވަނަ ޓީމު ބައްދަލުކުރާއިރު ދެވަނަ ސެމީގައި ބައްދަލުކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

މިއީ ދޮންފަނު ޒުވާނުންގެ ރޫހުން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.