ވާދަކުރާނީ ތައްޓަށް، އެކަމަކު އަމާޒު ތަފާތު: އޭދަފުށި ޓީމު

އޭދަފުށީ ޓީމު ޕްރެކްޓިސް ކުރަނީ. އެންމެ ބޮޑު ބޭނުމަކީ މި ކުޅުންތެރިން މިނިވަން ފަންސާހަށްވެސް ތައްޔާރުކުރުން

ޒުވާން ފުޓްބޯޅަ ޓީމު ދޮންފަނު އިންވިޓޭޝަން ކަޕްގައި ވާދަކުރަން ނިންމީ އެ ކުޅުންތެރިންނަށް ރަގަޅު ތަޖުރިބާއެއް ހޯދައިދީ މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ކަމަށް އޭދަފުށީ ފުޓްބޯޅަ ޓީމުން ބުނެފިއެވެ. އޭދަފުށީ ފުޓްބޯޅަ ކޮމިޓީގެ މެމްބަރު އަދި ޒުވާން ޓީމުގެ ކަންކަމުގައި ހަރަކާތްތެރިވާ އަޙްމަދު ނާސިރު ބުނީ އޭދަފުށީ ޓީމުގެ އަމާޒަކީ ހަމައެކަނި ދޮންފަނުގައި ބާއްވާ މުބާރާތް ކާމިޔާބު ކުރުން ނޫންކަމަށެވެ.

” މިއީ ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަޖުރިބާއެއް. އެންމެ ބޮޑު ބޭނުމަކީ މި ކުޅުންތެރިން މިނިވަން ފަންސާހަށްވެސް ތައްޔާރުކުރުން. މީގެ ފައިދާ އޭދަފުށީގެ ފުޓްބޯޅައަށް ވަރަށް ބޮޑަށް ކުރާނެ. އުއްމީދަކީ ދޮންފަނު މުބާރާތް ކާމިޔާބުކޮށް މިނިވަން ފަންސާހަށް ކުޅުންތެރިންގެ ފެންވަރު މަތިކުރުން” އަޙްމަދު ނާސިރު ބުންޏެވެ.

ޒުވާން ކުޅުންތެރިން އުފެއްދުމުގައި އޭދަފުށީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މުޙައްމަދު ފާސިރު “އީޓީ” އާ ވާހަކަ ދައްކަމުން ބުނީ، އިންވިޓޭޝަން ކަޕުގައި މީގެ ކުރިން ސީނިއަރ ޓީމުން ފުރުސަތު ނުލިބޭ ހުރިހާ ކުޅުންތެރިންނަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

“ކޮންމެ ފަހަރަކު ޕްރެކްޓިސް ނުކޮށް މިނިވަން ފަންސާހަށް ދާންޖެހެނީ. މެއިން ޓާގެޓަކީ ސީނިއަރ ޓީމުގައި ހިމެނި ފުރުސަތު ނުލިބޭ ކުޅުންތެރިން ތައްޔާރުކުރުން. އަތޮޅު މުބާރާތް ނެތުމާއެކު މި މުބާރާތަކީ ޒުވާން ޓީމަށް ލިބިގެންދާނެ ވަރަށް ރަގަޅު ފުރުސަތެއް. މުބާރާތް ނިމިގެންދާއިރު މިނިވަން ފަންސާސް މުބާރާތުގައި މީގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް ހިމެނޭނެ،” ކުރިން އެއްވަނަ ޑިވިޝަނުގައިވެސް ކުޅުނު ފާސިރު ބުންޏެވެ.

ޒުވާން ކުޅުންތެރިން އުފެއްދުމުގައި އޭދަފުށީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މުޙައްމަދު ފާސިރު

މީގެ އިތުރުން ފާސިރު ބުނީ، މިފަހަރުގެ މުބާެރާތަށް ތައްޔާރުވުމަށް ހިތްހަމަޖެހޭ ވަރަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވުނު ކަމަށާއި، ކުޅުންތެރިންގެ މަސައްކަތު ރޭޓް މި މުބާރާތުގައި ފެނިގެންދާނެކަމަށެވެ. ޓީމެއްގެ ގޮތުގައި ޒުވާން ކުޅުންތެރިން ތައްޔާރު ކުރުމަށް ފާސިރު އިސްވެހުރެ ވަނީ 25 ދުވަހު ޕްރެކްޓިސް ކޮށްފައެވެ. އަދި މި މުބާރާތަށްފަހުވެސް ޒުވާން ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައެވެ. އޭދަފުށީ ފުޓްބޯޅަ ކޮމިޓީ އުފެދުމާއެކު އެހެން އަހަރުތަކާ ހިލާފަށް ޓީމުގެ ތައްޔާރީތަށް މިހާރު ވަނީ ރަގަޅު ކޮށްފަ އެވެ.

އޭދަފުށީ ޓީމު ޕްރެކްޓިސް ކުރަނީ.

މިއީ އިންވިޓޭޝަން ކަޕްގައި 23 އަހަރުން ދަށުގެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. ސީނިއަރ ޓީމުގައިވެސް ހިމެނޭ ގިނަ ކުޅުންތެރިންނާއިއެކު މިފަހަރުގެ މުބާރާތަށް އޭދަފުށި ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށް ފުޓްބޯޅަ ކޮމިޓީއިން ބުނެއެވެ.

މުބާރާުތުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު އޭދަފުށި ޓީމު ނިކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ކިހާދޫއާއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ދޮންފަނު ފުޓްބޯޅަ ދަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.